"މިނިވަންކަން" ނަމުގައި ސަމީރު ދެއްވީ އިލްމީ ވަރުގަދަ ދަރުހެއް

މިއީ މިފަދަ ދަރުސްއެއްގައި ދިވެހީންްގެ މިނިވަން ކަމުގެ ތާރީހު މިހާ ސާފުކޮށް / ފުރިހަމަށް އިވިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ސަލަފުން ރޭ ބޭއްވި ދަރުސް: ޝައިހް އަހްމަދު ސަމީރު ދެއްވީ ވަރަށް އިލްމީ ދަރުހެއް

ރާއްޖޭގެ ހާލަތާއި ގުޅުވާލައި "މިނިވަންކަން" ނަމުގައި ވަރަށް އިލްމީ ދަރުހެއް ޖަމިއްޔަތުއް ސަލަފުން ރޭ ބާއްވައިފި އެވެ.

ސަލަފުގެ އެ ދަރުސް ދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަހްމަދު ސަމީރެވެ. އާޓިފިޝަލް ބީޗް / ހެދިގޮނޑުދޮށުގައި ބޭއްވި ދަރުސްގައި ޝެއިހް ވަނީ ދިވެހީންގެ މިނިވަންކަން ގެއްލުނު އެކި ފަހަރުގެ ތާރީހީ ވާހަކަތައް ހިއްސާ ކުރައްވާފަ އެވެ.

މިހާތަނަށް ދިވެހީންގެ މިނިވަން ކަމަށް ގޮންޖެހުން ކުރިމަތިވި ގޮތްތަކާއި މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ދިވެހީންގެ ތެރެއިން މަދު ބަޔަކު އެކަމުގައި ޝާމިލްވެ އަމަލު ކުރި ގޮތް ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވި އެވެ. މިއީ މިފަދަ ދަރުސްއެއްގައި ދިވެހީންްގެ މިނިވަން ކަމުގެ ތާރީހު މިހާ ސާފުކޮށް / ފުރިހަމަށް އިވިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ސަލަފުން ރޭ ބޭއްވި ދަރުސް: ޝައިހް އަހްމަދު ސަމީރު ދެއްވީ ވަރަށް އިލްމީ ދަރުހެއް -- އިސްމާއީލް އަަނަސް | މި

އެގޮތުން މިނިވަންކަން ގެއްލުމުގައި ދައުލަތް ހިންގަން ތިއްބެވި ވެރީން ބައިވެރިވި މިންވަރާއި އެ ވެރީންނަށް އާހިރުގައި ކުރިމަތިވި ކަންތައްތަކުގެ ވާހަކަތައްވެސް ޝައިހް ވިދާޅުވެ ދެއްވި އެވެ. ރާއްޖެ ހިފަން ދައުވަތުދީ ފޮނުވި ސިޓީތަކާއި އެ ސިޓީތަކުގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކާއި މިނިވަންކަން ހޯދުމަށް ދިވެހީން ކުރި ޖިހާދުގެ ވާހަކަތައްވެސް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވި އެވެ.

ޝެއިހްގެ ދަރުސްގައި ދިވެހީންގެ މިނިވަންކަން ނަގާލަން ބާރުގަދަ އެތައް ގައުމަކުން މަަސައްކަތް ކުރި ނަަމަވެސް އެކަންކަން ކާމިޔާބު ނުވެ ދިވެހީން މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތީ ކީއްވެގެންތޯ ވިސްނާލަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމާ ބޮޑެތި ބާރުތަކުން ތޮޅެމުންދިޔައިރު ވެސް މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތީ ކީއްވެހޭ! މިއީ ވިސްނާ ފިކުރު ކުރަން ޖެހޭ ކަންކަން. އަޅުގަނޑުމެން އަތުގައި އާރާއި ބާރާއި ނުފޫޒު އޮވެގެންހޭ. ބަޑި އާއި ކަޑިއާ ހަތިޔާރު ހުރެގެންހޭ. މިޒަމާނުގެ ބާރު ގަދަ އެތައް ގައުމެއްގެ ޗާޓްތަކަށް ބަދަލު އައިސް ބައެއް ގައުމުތަކުގެ ނަން ބަދަލު ކުރަން ޖެހުނުއިރުވެސް ދިވެހިރާއްޖެ ދިވެހިރާއްޖޭގެ ގޮތުގައި، ދިވެހިރާއްޖެ އޮތްތަނުގައި މި ވަތަން އިސްލާމީ ވަތަނެއްގެ ގޮތުގައި ދެމި އޮތީ ކީއްވެހޭ. މިއީ އަޅުގަނޑުމެން މިއަދު ވިސްނާލަން ޖެހޭ ނުކުތާތައް،" ޝައިހް ވިދާޅުވި އެވެ.

ސަލަފުން ރޭ ބޭއްވި ދަރުސް: ޝައިހް އަހްމަދު ސަމީރު ދެއްވީ ވަރަށް އިލްމީ ދަރުހެއް

ޝެއިހްގެ ދަރުސްގައި ދިވެހި ގައުމު ހިންގަން ފުުރުސަތު ލިބުނު ބައެއް ވެރީން އިސްލާމް ދީން ދޫކޮށް އަދި ރާއްޖޭގެ މިނިވަން ކަމާއި ތޮޅުނު އެތައް ބާރަކުން އިސްލާމްދީން ދޫކޮށްލުމަށް ދިވެހީންނަށް މަޖުބޫރު ކުރި ނަމަވެސް ދީން އެގޮތުގައި ދެމި އޮތް ސަބަބާއިމެދު ވިސްނާލުމަށްވެސް އެދިވަޑައިގަތެވެ. އޭގެ ސަބަބަކީ ދިވެހީންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް މަތިވެރި ލޯތްބާއި ސައްހަ އަގީދާ ކަމުގައި ވިދާޅުވި އެވެ.

ނަމަވެސް މިއަދު ދިވެހީންގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ދިވެހީން ގިނަވެ އެ މީހުންގެ ބަސް މުޖްތަމައުގައި ގަދަވަމުންދާ ކަމާއި ބަސްކިޔޭ މަގާމުތަކުގައި އެފަދަ މީހުން ނުފޫޒާއި ބާރު ފޯރުވަމުންދާކަން އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ކުރީ ޒަމާނުގައި ކަޅު މުހައްމަދު ރަސްގެފާނު އަރުވާލެވިގެން ހުރީ ގދ. ވާދޫގައި. މިއަދު އދ އާއި އަނެއް ދާލެއްގައި މީސް މީހުން ތިބެގެން އަޅުގަނޑުމެންގެ ދީނާ ފޮށެނީ. އަޅުގަނޑުމެންގެ ދީނަށް ހަޖޫޖަހަނީ ދިވެހި ބަހުން. މިއީ ނުރައްކާތެރި ކަންކަން. އަޅުގަނޑުމެން އެ ފުރުސަތު ދީގެން ނުވާނެ. ދިވެހިރާއްޖެ އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދީފައި މި އޮތީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި. އެ ގޮތުގައި މި ގައުމު ދެމެހެއްޓުން އެއީ އަޅުގަނޑުމެންގެ ޒިންމާއަކީ،" ޝައިހް ވިދާޅުވި އެވެ.

ރޭގެ ދަރުސް ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެތައް ހާސް ބަޔަކު ބެލިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.