މަގޫދޫ އެއާޕޯޓް ވަރަށް ފުރިހަމަވާނެ، ތަރައްގީ ކުރާނީ ޖެޓް ޖެއްސޭ ގޮތަށް: ރައީސް

މަގޫދޫ އެއާޕޯޓް މަޝްރޫއަކީ މިވަގުތު ފާފު އަތޮޅުގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ 232 މިލިއަން ރުފިޔާ ހަރަދު ކުރާ އެއާޕޯޓް މިހާރު އިތުރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކުުރުމާއި ފެނަކަ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް މިރޭ ވާހަކަފުޅު ދައްކަވަނީ
  •  މަގޫދޫ އެއާޕޯޓް ބޮޑު ކުރަން ނިންމެވި ކަމަށް ވިދާޅުވި
  •  އެއާޕޯޓް ތަރައްގީ ކުރާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ގޮތަށް
  •  މަގޫދޫގައި ހޮޓަލެއް ތަރައްގީ ކުރާނެ
  •  އެއާޕޯޓްގައި ފިއުލް ފާމެއް ގާއިމު ކުރާނެ
  •  އެންްމެ ފެންވަރު ރަނގަޅު ރީޖަނަލް އެއާޕޯޓަށް ވާނެ

ފ. މަގޫދޫ އެއާޕޯޓް ވެގެން ދާނީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ރީޖަނަލް އެއާޕޯޓަށް ކަމަށާ އެތަން ތަަރައްގީ ކުރާނީ ޕްރައިވެޓް ޖެޓް ޖެއްސޭނެ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކުުރުމާއި ފެނަކަ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ފ. އަތޮޅުގައި އެއާޕޯޓެއް އަޅަން އެންމެ ރަނގަޅު ތަނަކަށް ސަރުކާރަށް ފެނުނީ މަގޫދޫ ކަމަށެވެ. އެއީ މަގޫދޫ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދެމުން ދިޔަ ކަމެއް ކަމަށާ މަގޫދޫ އެއާޕޯޓާއެކު މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ފަސޭހައާއި ފައިދާތައް ވާނެ ކަމަށެވެ.

މަގޫދޫ އެއާޕޯޓް މަޝްރޫއަކީ މިވަގުތު ފާފު އަތޮޅުގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ 232 މިލިއަން ރުފިޔާ ހަރަދު ކުރާ އެއާޕޯޓް މިހާރު އިތުރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުރީން 1،200 މީޓަރުގެ އެއާޕޯޓެއް މިހާރު ވަނީ 1400 މީޓަރުގެ އެއާޕޯޓަކަށް ބަދަލު ކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓުން ބޮޑު އާބާދީއެއް ގުޅޭނެ

  •  ދަރަނބޫދޫ -- އާބާދީ 588 | ދަތުރު ފަސް މިނެޓުން
  •  ބިލެންދޫ -- އާބާދީ 1,364 | ދަތުރު 10 މިނެޓުން
  •  ނިލަންދޫ -- އާބާދީ 2,210 | ދަތުރު ގާތްގަނޑަކަށް 7 މިނެޓުން
  •  ފީއަލި -- އާބާދީ 1,263 | 20 މިނެޓުން
  •  ދ. މީދޫ -- 1,406 | ގާތްގަނޑަކަށް 35 މިނެޓުން
  •  ދ. ބަނޑިދޫ -- 969 | ގާތްގަނޑަކަށް 35 މިނެޓުން
  •  ތިން ރިސޯޓަށް އަންނަ ޓޫރިސްޓުން

އެމަނިކުފާނު ވިދާޅުވީ ފާފު އަތޮޅަކީ ފެންވަރު މަތީ ރިސޯޓްތަކެއް ހިންގަމުންދާ އަތޮޅަކަށްވާތީ މަގޫދޫ އެއާޕޯޓް ތަރައްގީ ކުރައް ވާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް ކަމަށެވެ.

"... އަދި މި އަންނަ ޖެޓްތައް ޕާކު ކުރެވޭނެ އިތުރު ޕާކިންް ސަރަހައްދަކާއި ވީއައިޕީ ޓާމިނަލެއް އިރާދަކުރެއްވިއްޔާ މި އެއާޕޯޓްގައި އަޅުގަނޑުމެން ގާއިމު ކުރާނަން،"

މީގެ އިތުރުން ދެވަނަ ތަނަކަށް ނުގޮސް ތެޔޮ އެޅޭނެ ފިއުލް ފާމެއްވެސް ތަރައްގީ ކުރައްވާނެ ކަމަށާ ޖެޓްތަކުގައި އަންނަ ކްރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް ވެސް މަގޫދޫގައި ހަދަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑު ހިތުން މި އެއާޕޯޓް ނިމިގެންދާއިރު ރާއްޖޭގައި އޮތް ރީޖަނަލް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް އެއާޕޯޓަށް މި އެއާޕޯޓް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓް މަޝްރޫއާއެކު އެތައް ވަޒީފާތަކެއް އުފެދޭނެ ކަމަށެވެ. 

ކޮމެންޓް

1
450
މަރީ
11 months ago

ފުރަތަމަ ބްރިޖް ނިންމާފަ އެހެން ފޮނިކަނޑާބަ، ބޯހަލާކު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.