ނިލަންދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއި ކުރައްވައިފި

ޖޭފޯއާއެކު އޭނާގެ އުފަން ރަށް ނިލަންދޫގެ ބައެއް އާންމުން ވެސް އެމްޑީޕީއާ އަލަށް މިއަދު ގުޅިފައި ވެއެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ. 

ޖޭފޯ އެމްޑީޕީއާ ގުޅި ވަޑައިގެން ސޮއި ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މެންބަރު ޖޭފޯފެ ނިލަންދޫ ދާއިރާގައި ހިމެނޭ ނިލަދޫއަށް ވަޑައިގަތުމުން އެރަށުގައި ރައީސް ސޯލިހުގެ ހާޒިރުގަ އެވެ. އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ފަހު ޖޭފޯ ވަނީ އޭނާގެ މެންބަޝިޕް ފޯމް ރައީސް ސޯލިހަށް ހަވާލު ކުރައްވާފަ އެވެ.

އޭނާ އެމްޑީޕީއާ ގުޅި ވަޑައިގެންނެވި އިރު އެމްޑީޕީން ވަކިވެ ވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރު މެމްބަރުން ހުށަހެޅި މައްސަލައިގައި ވެސް ސޮއި ކުރައްވާފައި ވެއެވެ.

ޖޭފޯއާއެކު އޭނާގެ އުފަން ރަށް ނިލަންދޫގެ ބައެއް އާންމުން ވެސް އެމްޑީޕީއާ އަލަށް މިއަދު ގުޅިފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.