ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް ވަޑައިގެންފި

މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި، ޑަބްލިޔުޑީސީތަކުގެ މެމްބަރުންނާއި އާންމު ރައްޔިތުންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން، މެޑަމް ފަޒުނާ އަހުމަދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަހުމަދު ފ. އަތޮޅު / ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ. 

ރައީސް ދެކަނބަލުން އެ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ފ. ނިލަންދޫއަށެވެ. އޭގެ ފަހުން އެ އަތޮޅު ދަރަނބޫދޫ އަށާއި، މަގޫދޫ އަދި ބިލެތްދޫ އާއި ފީއައްޔަށް ވަޑައިގަންނަވާނެ އެވެ.

  •  ރަށްރަށުގެ ކައުންސިލާ ބައްދަލު ކުރައްވާނެ
  •  ޑަބްލިޔުޑީސީތަކުގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެ
  •  އާންމު ރައްޔިތުންނާ ބައްދަލު ކުރައްވާނެ
  •  ރަށްރަށުގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެ
  •  ކުރިޔަށްދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވާނެ
  •  ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާނެ
  •  މަގޫދޫގައި އެއާޕޯޓްގެ މަސައްކަތް ބައްލަވައިލައްވާނެ

މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި، ޑަބްލިޔުޑީސީތަކުގެ މެމްބަރުންނާއި އާންމު ރައްޔިތުންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

މީގެ އިތުރުން އެ ރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން، ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމާއި މަގޫދޫގައި ހަދާ އެއާޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ރައީސް ބައްލަވައިލައްވާނެ އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.