ފެން ކުންފުނީގެ ޗެއާމަން މައުސޫމް އެމްޑީޕީން ވަކި ޑިމޮކްރެޓްސްއާ ގުޅިއްޖެ

މައުސޫމް ވަނީ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވާ މެންބާޝިޕް ފޯމް އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ހަވާލު ކުރައްވާފަ އެވެ.

ފެން ކުންފުނީގެ ޗެއާމަން މައުސޫމް ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައި

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް، މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ން ވަކިވެ ވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އާ ރޭ ގުޅިއްޖެ އެވެ.

މައުސޫމް ވަނީ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވާ މެންބާޝިޕް ފޯމް އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ހަވާލު ކުރައްވާފަ އެވެ. 

މި ސަރުކާރު ވެރިކަމަށް އައި ފަހުން މިދިޔަ ދުވަސްތަކުގައި މައުސޫމް ހުންނެވީ އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުގަ އެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް އަދި މަގާމުން އިސްތިއުފާއެއް ނުދެއްވަ އެވެ. ސަރުކާރުން އޭނާ މަގާމުން ވަކިވެސް ނުކުރައްވަ އެވެ. 

މައުސޫމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލް ކުރައްވާ އެ ދާއިރާގެ ރައީސެވެ. 

އޭނާ ފާހަގަ ކުރެވިފައި ވަނީ ރައީސް މުހައްމަދު ނަޝީދާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.