ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު މަރުވެއްޖެ

އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭ: މިރޭ ވަނީ ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެފައި -- ފޮޓޯ | ހުޅުލެ-ހުޅުމާލެ ލިންކް ރޯޑް ޕޭޖް

ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ މިރޭ 12:04 އެހާކަންހާއިރު އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި އެކްސިޑެންޓް ހިނގީ ސައިކަލަކާއި ޕިކަޕެއް ޖެހި އެވެ.

އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބެއް ފުލުހުން ނުބުނެއެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް މީގެ ކުރީންވެސް ހިނގާފައިވެއެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެފަައިވެއެވެ. ގިނަ އެކްސިޑެންޓްތައް ހިނގަނީ ބާރަށް ދުއްވުމުގެ ސަބަބުންނާއި ގަވާއިދުތަކާއި ހިލާފަށް އަމަލު ކުރުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.