ބިއޯންޑް އުދުހިގަންނަން ތައްޔާރު - ދުނިޔޭގެ 60 މަންޒިލަކަށް

އާއްމު އެހެން އެއާލައިންތަކަށްވުރެ ލަގްޒަރީ މަތީފަންތީގެ ހިދުމަތްތަކެއް ދޭނެ އެވެ. ބިއޯންޑްގެ ސީއީއޯ ޓޭރޯ ޓަސްކިލާ ވިދާޅުވާ ގޮތުން ރާއްޖޭގެ އެއާލައިނެއްގެ ސްޓެޓަސް ސަރުކާރުން ލިބިފައިވާ މި އެއާލައިން ދުނިޔޭގެ 60 މަންޒިލަކަށް އުދުހޭނެ އެވެ.

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ބިއޯންޑްގެ ބޯޓުގެ ކުރެހުމެއް - ފްލައި ބިއޯންޑް

މުސްކުޅި ދުވަސްވީ އެއާލައިންތަކާ މި އެއާލައިން ތަފާތުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވީ ބިއޯންޑްގެ ސީއީއޯ ޓޭރޯ ޓަސްކިލާ އެވެ. އޭނާ މިހެން ވިދާޅުވީ އިގްތިސޯދާއި ވިޔަފާރީގެ މަޝްހޫރު ނޫސްވެރިޔާ ސީއެންއެންގެ ރިޗަޑް ކްއެސްޓުގެ "ކްއެސްޓް މީންސް ބިޒްނަސް" ޝޯގަ އެވެ.

ޓޭރޯ ޓަސްކިލާ ވިދާޅުވި ގޮތުގައި ދިވެހި ރާއްޖޭގެ އެއާލައިނެއްގެ ސްޓެޓަސް ދިވެހި ސަރުކާރުން ލިބިފައިވާ މި އެއާލައިން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރު ކުރާނެ އެވެ. 

"އަހަރެމެން މެދުއިރުމައްޗާއި ޔޫރަަޕަށް ރާއްޖޭން ދަތުރުތައް ކުރާނެ. ބިއޯންޑް ހަމައެކަނި ތަފާތުވާނީ އަގު އެކަންޏެއް ނޫން. ހިދުމަތް ވެސް ތަފާތުވާނެ،" އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޓޭރޯ ޓަސްކިލާ ވިދާޅުވި އެވެ. 

ދިވެހި ކުންފުންޏެއް ކަމަށްވާ ސިމްޑީ ގްރޫޕާ ގުޅިގެން އުފެއްދި މި އެއާލައިންގެ މައުލޫމާތު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރި ޝޯގައި ދެއްވަމުން ސީއީއޯ ޓޭރޯ ވިދާޅުވި ގޮތުގައި ދަތުރުތައް ކުރުމަށް ބިއޯންޑުން ބޭނުން ކުރާނީ އާއްމުކޮށް ބޭނުން ކުރާ ވައިޑް ބޮޑީ އެއާކްރާފްޓްތަކާ ހިލާފަށް ނެރޯ ބޮޑީ އެއާކްރާފްޓްތަކެވެ. 

ސީއީއޯ ޓޭރޯ ޓަސްކިލާ ސީއެންއެންގައި

"އަހަރެމެން އާއްމު އެހެން އެއާލައިންތަކަށްވުރެ އޮޕަރޭޓް ކުރަން ކުރަން ޖެހޭ ހަރަދު 80 ޕަސެންޓް ކުޑަ ވާނެ،" ޓޭރޯ ޓަސްކިލާ ވިދާޅުވި އެވެ. 

ބިއޯންގް ރާއްޖެއަށް ފެށުމުގެ ގޮތުން އޮފީސް ހުޅުވައި މުވައްޒަފުން ނަގަން ވެސް ވަނީ ފަށާފަ އެވެ. މި އެއާލައިންގެ ސަބަބުން  1،500 އެއްހާ ވަޒީފާގެ ފުރުސަތުތައް އުފެދިގެން ދާނެ އެވެ. 

ބިއޯންޑް ކޮން ބައެއް؟ - ބިއޯންޑް އެއާލައިން ފަށަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ސިމްޑީއާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެންނެވެ. މިއީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާހުރި ކުންފުންޏެކެވެ. މިއީ ލޭޝާ ލަގްޒަރީ އެއާލައިނެވެ. ބިއޯންޑްގައި ހިތްހަމަ ޖެހިގެން ދަތުރު ކޮށްލެވޭނެ ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ކޮށްފައިވާ މި މި އެއާލައިންގައި 68 ޖާގަ ހުރެ އެވެ. އަދި މި ފްލައިޓަކީ ތިމާވެއްޓާއި ރައްޓެހި ސަސްޓެއިނަބަލް ޓެކްނޮލަޖީތަކެއް ހިމަނާ ފަރުމާ ކޮށްފައިވާ ފްލައިޓެކެކެވެ.

ދަތުރުތައް ފެށުން ޖުލައި މަހު

ބިއޯންޑްގެ އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތު -- ފްލައި ބިއޯންޑް

ސީއީއޯ ޓޭރޯ ވިދާޅުވި ގޮތުގައި މި އެއާލައިންގެ ދަތުރުތައް އިންތިޒާމުވެފައި ވަނީ ދުނިޔޭގެ މިހާތަނަށް އެއްވެސް އެއާލައިނަކުން ޕްލޭންކޮށްފައި ނުވާ ފަދަ ފަސޭހަ ގޮތަކަށެވެ. އެހެން އެއާލައިންތަކުން އެންމެ ދިގުކޮށް އެއް އަހަރު ދުވަހަށް ޓިކެޓް ގަތުމުގެ ފުރުސަތު އޮތް ނަމަވެސް ބިއޯންޑްގެ ޓިކެޓް އެއަށްވުރެ ދުރާލާ ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ދުނިޔޭގެ ހުރިހާ އެއާލައިންތަކެއްގެ ވެސް ޕްރިމިއަމް ކްލާސް އޮންނަނީ ފުލްކޮށް. އެހެންވެ އޮންނަ ޑިމާންޑް އެނގޭ. އެހެން އެއާލައިންތަކުން އެންމެ ދިގު މުއްދަތަކަށް ވެސް ޓިކެޓު ވިއްކޭނީ އަހަރަކަށް. އެކަމަކު އަހަރެމެން [ބިއޯންޑް] އަށް ތަފާތުކޮށް ވިއްކޭނެ،" ޓޭރޯ ވިދާޅުވި އެވެ. 

ދަތުރު ކުރާނެ މަންޒިލްތައް

  • 1.ސިންގަޕޫރު
  • 2.ހޮކޮންގް
  • 3.ޓައިޕޭ
  • 4.ދުބާއީ
  • 5.ރިޔާދު
  • 6.ވިއެނާ
  • 7.މިލާން
  • 8.ޒިރުރިކް
  • 9.ޕެރިސް

ސިމްޑީން "ބިއޯންޑް" ފެށުމުގެ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބިއޯންޑް ސިމްޑީ އިންވެސްޓްމަންޓުގެ އިސްވެރިޔާ ނުވަތަ މެނޭޖިން ޑިރެކްޓަރަކަށް އިންނަވަނީ ސިމްޑީ ޑީޑީގެ ދަރިކަލުން، މިޝާލް އިބްރާހިމް ދީދީ އެވެ. 

ދެން ތިއްބަވަނީ ބީއެމްއެލްގެ ޗެއާމަން ޔޫޝައު ސައީދު އާއި މި އެއާލައިންގެ ސީއީއޯ ޓީރޯ ޓަސްކިލާ އަދި ސިމްޑީ، ޑީޑީގެ ދަރިކަނބަލުން އިބްތިސާމް އިބްރާހިމް މުހައްމަދު ދީދީ އާއި އިތުރު ބޭރު މީހެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.