ފައިނޭންސް ފޯރަމް ހޯމަ ދުވަހު، ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފި

ޕެންޝަން އޮފީހުގެ ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާތަކުގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން މީގެ 11 އަހަރު ކުރީން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ފޯރަމެކެވެ.

މީގެ ކުރީގެ ފައިނޭންސް ފޯރަމެއް: މިއަހަރުގެ ފޯރަމަކީ 10 ވަނަ ފައިނޭންސް ފޯރަމް

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން ހަމަޖައްސައި އިއުލާނު ކޮށްފި އެވެ.  


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) އިން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މި އަހަރުގެ ފޯރަމް ތާވާލު ކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ. ފޯރަމް ބާއްވަނީ މާލޭން ބޭރު، ކުރުނބާ މޯލްޑިވްސްގަ އެވެ. 

މި އަހަރު ފައިނޭންސް ފޯރަމް ބާއްވަނީ "ދަ ފިއުޗާ އޮފް ފައިނޭންސް އެކްސްޕްލޯރިން ދަ އިންޓެކްޝަން އޮފް ފައިނޭންޝިއަލް ޓެކްނޮލޮޖީސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް" / ފިންޓެކް އަދި އޭއައި ތީމްގަ އެވެ. ފިންޓެކަކީ ފައިނޭންޝަލް ޓެކްނޮލޮޖީސް އެވެ. އޭއައި އަކީ އާޓިފިޝަލް އިންޓެލިޖެންސެވެ. އެ ތީމްގައި ކީނޯޓް ސްޕީކަރުން ޕްރެޒެންޓޭޝަން ދޭނެ އެވެ. 

މޭ 29، 2023: މޯލްޑިވްސް ފައިނޭންސް ފޯރަމްގެ އެޖެންޑާ 

ފައިނޭންސް ފޯރަމްގެ ކީނޯޓް ސްޕީކަރުން

  • 1.ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ
  • 2.ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް
  • 3.ބައެއް ބޭންކު ތަކުގެ ސީއީއޯއިން
  • 4.ރާއްޖޭން ބޭރުގެ ދެ މާހިރެއް
  • 5.ޓެކްނޮލޮޖީގެ ދާއިރާގެ ދިވެހި ބައެއް ބޭފުޅުން

ހޯމަ ދުވަހު ފަށާ ފައިނޭންސް ފޯރަމްގައި ފިންޓެކް އަދި އޭއައި ގެ ސަބަބުން މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ މެދު މަޝްވަރާ ކުރާނެ އިރު މާލީ ހިދުމަތްތައް ތަރައްގީކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ޕްރެޒެންޓޭޝަަންތައް ހުށަހަޅާނެ އެވެ.

ސްޕޮންސަރުން

  • 1.މެއިން ސްޕޮންސާ: އެސްޓީއޯ
  • 2.ބޭންކިން ޕާޓްނާ: ބީއެމްއެލް
  • 3.ޑިޖިޓަލް ޕާޓްނާ: ދިރާގު
  • 4.ކޯ ސްޕޮންސާ: އެމްއައިބީ،
  • 5.އެސޯސިއޭޓް ސްޕޮންސަރުން: ބީއޯސީ، އެޗްޑީއެފްސީ، ސޮލެރެލް، ސީބީއެމް، މޮރިޝަސް ކޮމާޝަލް ބޭންކް
ފަސް ފަހަތް - ޕެންޝަން އޮފީހުގެ ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާތަކުގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން މީގެ 11 އަހަރު ކުރީން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ފޯރަމެކެވެ. މި ފޯރަމަށް އިގްތިސޯދާއި ވިޔަފާރި އާއި މާލީ ދާއިރާތަކުގެ ގިނަ ބައެއްގެ ސަމާލުކަން އޮވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.