އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވާ "އުޖާލާ ޒަމާން" ނަމުގައި ކެމްޕެއިން ރަސްމީކޮށްފި

އެމްއެންޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ގޮތުން ނާޒިމަށް ވަނީ ބޮޑުތަކުރުފާނުގެ އައްޑަނަކޮޅުގެ ރަމްޒެއް އަރުވާފައެވެ. އަދި "ނާޒިމް 2023" ގެ ކެމްޕެއިން ވަނީ ފަށާފައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް މުހައްމަދު ނާޒިމަށް އެރުވުން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ރަސްމީކޮށް  ރިޔާސީ ޓިކެޓް އަރުވައިފި އެވެ.

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް އެރުވީ މިރޭ ހެދިގޮނޑުދޮށް -- އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ވަރަށް ކުލަ ގަދަ ރަސްމިއްޔާތެއް ގައެވެ. މިރޭގެ ރަސްމިއްޔާތަށް މުޅި ސަރަހައްދު އޮތީ ވަރަށް ބޮޑަށް ތައްޔާރު ކޮށްފައެވެ.

އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ރަސްމިއްޔާތުގައި ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް އެރުވީ ޕާޓީގެ ބައެއް މެންބަރުންނެވެ. ރިޔާސީ ޓިކެޓް އެރުވުމުގެ ކުރީން ރަސްމިއްޔާތުގައި އިއްވި އޯޑިއޯ މެސެޖެއްގައި ބުނެފައިވަނީ ރާއްޖޭގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވަނީ ދިވެހީންގެ މިނިވަން ކަމާއި އިސްތިގުލާލު އަލުން ހޯދާއި އިގްތިސާދީ މިނިވަން ކަމާއި ސިޔާސީ ހަމަޖެހުން ރާއްޖޭގައި ގާއިމު ކުރުމަށް އެފަދަ ލީޑަރަކަށް ގައުމު އެދޭތީ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް މުހައްމަދު ނާޒިމަށް އެރުވުން

އެމްއެންޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ގޮތުން ނާޒިމަށް ވަނީ ބޮޑުތަކުރުފާނުގެ އައްޑަނަކޮޅުގެ ރަމްޒެއް އަރުވާފައެވެ.

އަދި "ނާޒިމް 2023" ގެ ކެމްޕެއިން ވަނީ ފަށާފައެވެ. ނާޒިމްގެ ކެމްޕެއިން ހިންގަވާނީ "އުޖާލާ ޒަމާން" ނަމުގައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް މުހައްމަދު ނާޒިމަށް އެރުވުން

ރާއްޖޭގެ އެކިކަންކޮޅުންތަކުގައި ތިބި އެމްއެންޕީގެ މެންބަރުން ވަނީ މިރޭގެ ރަސްމިއްޔާތަށް މާލެ އައިސްފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެ ކަމަށް ނިންމައި، އެމްއެންޕީ އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ހުޅުވާލުމުން ފޯމު ހުށަހެޅީ ނާޒިމް އެކަންޏެވެ. އެހެންވެ، އިންތިހާބަކާ ނުލައި ނާޒިމަށް ވަނީ ޓިކެޓް ލިބިވަޑައިގެންފަ އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް މުހައްމަދު ނާޒިމަށް އެރުވުން

ދާދި ފަހުން ރަޖިސްޓްރީކޮށްފައިވާ އެމްއެންޕީ އިން ދަނީ ފަހުގެ އެކި އިންތިހާބުތަކުގައި ވާދަކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެމްއެންޕީގައި މިހާރު 10،424 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީއަކީ އެންމެ ހަރަކާތްތެރި އަދި މެންބަރުންގެ އަދަދު މިހާ އަވަހަށް 10،000 މައްޗަށް ގެންދިޔަ މަދު ޕާޓީތަކުގެ ތެރެއިން ޕާޓީއެކެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް މުހައްމަދު ނާޒިމަށް އެރުވުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާއިރު ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް ވާދަކުރައްވާނެ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމާފައިވެ އެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް މިވަގުުތު އެމަނިކުފާނު ހުންނެވީ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރައްވާށެވެ. އިންތިހާބުގައި ވާދަކުރުމާމެދު ސުވާލު އޮތް ނަމަވެސް އިދިކޮޅު ޕީޕީއެމް / ޕީއެންސީން ބުނަނީ އިންތިހާބުގައި ޔާމީންގެ ނަން އޮންނާނެ ކަމަށެވެ. އެމަނިކުފާނަށް ވާދަނުކުރެވޭނެ ގޮތަށް އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.