"ހިދުމަތުގަ ފަރުވާކުޑަ ކުރުން ހިތާއި އަމަލުގައި ބާއްވައިގެން ނުވާނެ"

ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އާދަމް: މީހުން ބިނާ ކުރަން އިސްކަން ދެއްވާ ކަމަށް ވިދާޅުވި

ސްޓެލްކޯއިން އާންމުންނަށް ހިދުމަތް ދިނުމުގައި އެއްވެސް އިހުމާލެއް ފަރުވާ ކުޑަ ކުރުމެއް، އެއްވެސް މުވައްޒަފެއްގެ ހިތާއި އަމަލުގައި ވެސް ބާއްވައިގެން ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގި ނޭޝަނަލް ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހާއި ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދޭން އިއްޔެ ބުރާސްފަތި ދުވަހު ބޭއްވި ހަފުލާއެއްގަ އެވެ. 

"މި ކުންފުނީގެ އަސާސް ނުވަތަ ޕްރައިމް މެންޑޭޓަކީ އާންމު ރައްޔިތުންނަށް ހިދުމަތް ދިނުން. އެއީ ކަރަންޓުގެ ހިދުމަތް ކަމުގައިވިޔަސް އަދި ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައިވިޔަސް. މި ތިން ހިދުމަތް ފޯރުކޮށްދިނުމުގައި، ނުވަތަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް މިންވަރެއްގެ، ބާވަތެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގަވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ" ޝަރީފު ތަފުސީލުކޮށްދެއްވައި ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ސްޓެލްކޯއިން ދޭ ހިދުމަތުގެ ފެންވަރު ވަޒަން ކުރާނީ މުވައްޒަފުން ނޫން ކަމަށާއި، އެކަން ކުރާނީ ހިދުމަތް ހޯދާ މީހުން ކަމަށެވެ. ފެންވަރު ރަނގަޅު، ރައްޔިތުން ގަބޫލު ކުރާ މިންވަރުގެ ހިދުމަތެއްތޯ ނޫންތޯ ނިންމާނީ ވެސް ހިދުމަތް ހޯދާ ފަރާތްތަކުން ކަމަށާއި ސްޓެލްކޯ އާއި މުވައްޒަފުންގެ ދައުރަކަށް ވާންވާނީ ހިދުމަތް ހޯދާ ފަރާތްތައް ހިތްހަމަޖެހޭނެ ހިދުމަތެއް ދިނުން ކަމަށެވެ. 

ސްޓެލްކޯއިން ހިންގި ދެ ކޯސް

މި ޕްރޮގްރާމްތަށް ހިންގީ ދާއިރާތަކުގައި އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށް، އިލްމީ، ފަންނީ ގޮތުން ގާބިލް އަދި ހުނަރުވެރި މުވައްޒަފުންތަކެއް ސްޓެލްކޯގައި ބިނާކުރާށެވެ.   

  •  ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް
  •  ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް
  •  ދެ ކޯހުގައި ޖުމްލަ 89 މުވައްޒަފަކު ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވޭ

މެނޭޖިން ޑިރެކްޓަރު ޝަރީފުގެ ވާހަކަފުޅުގައި ސްޓެލްކޯއަކީ ޔުޓިލިޓީ ހިދުމަތުގައި އެންމެ މުހިއްމު އެ ކުންފުންޏާ އެއްވަރުގެ އެހެން ކުންފުންޏެއް ނެތް ކުންފުންޏެއް ކަމަށް ފާހަގަ ކުރައްވާ ވިދާޅުވީ ކުރާ މަސައްކަތުގައި ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައި ދިނުމަކީ ސްޓެލްކޯގެ ވަރަށް މުހިއްމު އަމާޒެކެވެ. އަދި ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

"އެ ދެކަމުގައި އަޅުގަނޑުމެން ސްޓެލްކޯގެ ދައުރު އަދާ ކަން ކުރާ މަސައްކަތެއް މި މަސައްކަތަކީ، އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ،" 

އޭނާ އަދިވެސް ވިދާޅުވި އެވެ: 

"ފެނާއި ނަރުދަމާއަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީ. އަޅުގަނޑުމެންނަކީ ރާއްޖޭގެ ދެވަނައެއް ނެތް ކުންފުންޏެއް، ކަރަންޓުގެ ހިދުމަތުގައި. ކަރަންޓު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނާއި، އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް. އަޅުގަނޑުމެންގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެ. އެހެން ނަމަވެސް ފެނާއި ނަރުދަމާއަކީ އަޅުގަނޑުމެންނަށް އާ ދެ ހިދުމަތް. މައުލޫމާތާއި، ތަޖުރިބާ އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާ ދެ ހިދުމަތް"   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.