އަމާޒަކީ ދީނީ އިލްމު ފަތުރާ ސަރަހައްދީ އެންމެ ބޮޑު މަރުކަޒަށް އައިޔޫއެމް ހެދުން: ރައީސް

"މިއަދުގެ ސަރުކާރުގެ އަމާޒަކީ އަޅުގަނޑުމެންގެ އަމާޒަކީ މި ޔުނިވާސިޓީއަކީ އިސްލާމްދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރައި މި ސަރަހައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން"

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023

މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވާސިޓީއަކީ އިސްލާމް ދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރާ މި ސަރަހައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023 ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.  

ރައީސް ވިދާޅުވީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވާސިޓީން އަދާކުރަނީ މުހިންމު ދައުރެކެވެ. އެގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވާސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރުގެ އަމާޒަކީ އަޅުގަނޑުމެންގެ އަމާޒަކީ މި ޔުނިވާސިޓީއަކީ އިސްލާމްދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރައި މި ސަރަހައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން. އެ އަމާޒަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާށި،" 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023

ޒަމާނީ އިލްމު ފުޅާކޮށް ތައުލީމުގެ ފުރުސަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ހާއްސަ ކޮށްފައި ވާނީ ތައުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ހާއްސަ ކޮށްފައި ވަނީ މަތީ ތައުލީމުގެ ދާއިރާތަކަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ގައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދާކަން ފާހަގަ ކުރެއްވި އެވެ.

އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެ ހޭ ބަދަލުތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އިމާމުންގެ މަސައްކަތާ ގުޅޭ ގޮތަށް މުސާރައާ ލިބެންވާ ޗުއްޓީއަށް ހެޔޮ ބަދަލުތަކެއް ލަސްތަކެއް ނުވެ ގެންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ކުރިންވެސް ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށްޓަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.