ގާސިމް ޒުވާނުންނަށް: ހާސް ކަނޑާލާ، ހުރިހާ ކަމެއްވެސް ހަމަޖެހިގެންދާނެ

"ހާސް ކަނޑާލާށޭ. ހަމަޖެހިގެން ދާނެއޭ. އަދި އަޅުގަނޑުމެން ކާމިޔާބުވެސް ކުރާނަމޭ ﷲ އިރާދަކުރެއްވިއްޔާ،" ގާސިމް ވިދާޅުވި އެވެ.

"ފުރަވީރު" ނަމުގައި މިރޭ އޮތް ޒުވާނުންގެ ހާއްސަ ހަރަކާތުގެ ތެރެއިން

ޖުމްހޫރީ ޕާޓީން ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށާ ޒުވާނުންނަށް ބޭނުން ހުރިހާ ކަމެއް އޭރުން ހަމަޖެހިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ "ފުރަވީރުން" ނަމުގައި މިރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮތް ޒުވާނުންގެ ހާއްސަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަރަކާތަކީ ގާސިމްގެ އަނބިކަނބަލުން / ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްނަންގަވައިގެން ބޭއްވެވި ހަރަކާތެކެވެ.

މިއުޒިކާއި ނެށުމުގެ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ މި އިވެންޓްގެ ތެރެއިން ގާސިމް އިބްރާހިމަށް ވަނީ ސަޕްރައިޒެއްގެ ގޮތުގައި އެ ޕާޓީއަށް ސޮއިކުރި ގިނަ އަދަދެއްގެ ޒުވާނުންގެ ފޯމްތައް ނަހުލާ ވަނީ ގާސިމާއި ހަވާލު ކުރައްވާފައެވެ.

އެ އިވެންޓަށް ޖަމާތިބި ޒުވާނުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ އެމަނިކުފާނަކީ ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ނިކުންނަވާ ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ހުންނެވީ ޒުވާނުންނާއެކު ކަމަށް ވިދާޅުވި އެވެ.

ގާސިމް ވަނީ ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖުމްހޫރީ ޕާޓީން ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ހާސް ކަނޑާލާށޭ. ހަމަޖެހިގެން ދާނެއޭ. އަދި އަޅުގަނޑުމެން ކާމިޔާބުވެސް ކުރާނަމޭ ﷲ އިރާދަކުރެއްވިއްޔާ،" ގާސިމް ވިދާޅުވި އެވެ.

"ފުރަވީރު" ނަމުގައި މިރޭ އޮތް ޒުވާނުންގެ ހާއްސަ ހަރަކާތުގެ ތެރެއިން

ޖުމްހޫރީ ޕާޓީން ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ގާސިމް އެ އިޝާރާތް ކުރައްވަނީ ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށެވެ. ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައް ނިންމަވާ މެންބަރުން އިތުރުކޮށް ކެމްޕެއިން ފަށަން ވަނީ ތައްޔާރުވެފައެވެ. ޖޫން ނުވަވަނަ ދުވަހު ގާސިމަށް ރިޔާސީ ޓިކެޓް އަރުވާ ޖޭޕީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރުވެސް އެ ޕާޓީއަކީ 22،600 ވުރެ ގިނަ މެންބަރުން ހިމެނޭ ބޮޑު ޕާޓީއެކެވެ. އެ ޕާޓީއާ ގުޅޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ މިރޭ ވިދާޅުވި ގޮތުގައި މިރޭ ގާސިމަށް 2023 މެންބަރުންގެ ފޯމް ވަނީ ހަވާލުކޮށްފައެވެ. އެއީ މުޅީންވެސް ޒުވާނުންނެވެ. އަދި އެއީ މިދިޔަ ހަތަރު ހަފްތާތެރޭ އެ ޕާޓީއާ ގުޅުނު ޒުވާނުންގެ އަދަދެވެ.

ނަހުލާ ވަނީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށްވެސް މިރޭ ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.