ރިޔާސީ އިންތިހާބު 2023: 8 ގައުމެއްގެ ނުވަ ސިޓީގައި ވޯޓް ފޮށި ބަަހައްޓަނީ

ނަމަވެސް އެ ގައުމުތަކުގައި ވޯޓްފޮށި ބަހައްޓާނީ ވޯޓްލާން 150 ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފިނަމަ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓް ފޮއްޓެއްގެ ވޯޓް ގުނަނަނީ: މިފަހަރު ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 8 ގައުމެއްްގައި ވޯޓްފޮށި ބެހެެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމައިފި އެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި ކޮމިޝަންގެ އިއްޔެގެ ބައްދަލްވުމުގައި ރިޔާސީ އިންތިހާބުގައި 8 ގައުމެއްްގެ ނުވަ ސިޓީއެއް ގައި ވޯޓްފޮށި ބެހެެއްޓުމަށް ވަނީ ނިންމާފައެވެ. ބޭނުމަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން ވީހާވެސް ގިނަ ބަޔަަކަށް ވޯޓްލުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމެވެ.

ނަމަވެސް އެ ގައުމުތަކުގައި ވޯޓްފޮށި ބަހައްޓާނީ ވޯޓްލާން 150 ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފިނަމަ އެވެ. އެ ގައުމުތަކަކީ؛

  •  އިންޑިއާގެ ޓްރިވެންޑްރަމް / ނިއު ދިއްލީ
  •  ސްރީލަންކާގެ ކޮލަމްބޯ
  •  މެލޭޝިޔާގެ ކުއަލަލަމްޕޫރު
  •  ސިންގަޕޫރު
  •  އިނގިރޭސިވިލާތުގެ ލަންޑަން
  •  ތައިލެންޑްގެ ބެންކޮކް
  •  އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީ
  •  ޖަޕާނުގެ ޓޯކިޔޯ

ރިޔާސީ އިންތިހާބު ތާވަލުކޮށްފައި އޮތީ ސެޕްޓެންބަރު ނުވަވަނަ ދުވަަހަށެވެ. 

މި ފަހަރުގެ އިންތިހާބުގައި 280،000 ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ. ކޮމިޝަނުން މިހާރު ދަނީ ވޯޓްގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސާ އިންތިހާބުގެ ތައްޔާރީތައް ވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.