ރަޖިސްޓްރާގެ ނިންމުން ފަޑިޔާރުންގެ މަޖިލިހުގައި އިސްތިއުފާނުކޮށްފި

އުމަރު ވިދާޅުވި ގޮތުގައި "ބާނަބާނާ ތިއްބާ" ރާއްޖޭގެ މަސްކަނޑުން ބައެއް ސަރުކާރުން ދޫކޮށްލި މައްސަލައާ ގުޅިގެން އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓްގެ ރަޖިސްޓްރާ ބަލައިގެންފައިނުވާތީ ރަޖިސްޓްރާގެ އެ ނިންމުން ބަލައިދިނުމަށް އެދި މިއަދު ސުޕްރީމް ކޯޓަށް މައްސަލަ އަލުން ވަނީ ހުށައަޅާފައެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއް ގައި ވާހަކަ ދައްކަވަނީ --

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރައްވާފައިވާ ކަމަށް އެ މައްސަލަ ހުށައެޅުއްވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވި އުމަރުގެ އިތުރުން ރިޓަޔާޑް ލ. ކާނަލް ޒުބައިރު އަހުމަދު މަނިކާއި މުހައްމަދު މުސްތާގް އެވެ. އުމަރު އިސްވެ ކޯޓަށް ވެއްދި ދުސްތޫރީ ދައުވާގައި އެދިފައި ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް، ޗާގޯސް އައިލެންޑާގެ ސިޔާދަތީ ބާރުވެރި ކަމާ ބެހޭ ގޮތުން ފޮނުއްވި ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފު ސިޓީއެއް ކަމަށް ކަނޑައަޅައި ދޭށެވެ.

އަދި ގާނޫނު އަސާސީގެ ތިން ވަނަ މާއްދާ އާ ހަވާލާ ދީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ކަމަށް ވާތީ އެއީ މައްސަލަ ކޯޓަށް ގެންދިޔަ މައިގަނޑު ސަބަބު ކަމަށް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް ކޯޓްގެ ރަޖިސްޓްރާ ވަނީ މައްސަލަ ރަޖިސްޓްރީ ނުކޮށްދީ މައްސަލަ ބޭރުކޮށްލާފައެވެ.

އުމަރު ވިދާޅުވި ގޮތުގައި "ބާނަބާނާ ތިއްބާ" ރާއްޖޭގެ މަސްކަނޑުން ބައެއް ސަރުކާރުން ދޫކޮށްލި މައްސަލައާ ގުޅިގެން އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓްގެ ރަޖިސްޓްރާ ބަލައިގެންފައިނުވާތީ ރަޖިސްޓްރާގެ އެ ނިންމުން ބަލައިދިނުމަށް އެދި މިއަދު ސުޕްރީމް ކޯޓަށް މައްސަލަ އަލުން ވަނީ ހުށައަޅާފައެވެ.

ރާއްޖެއާއި މޮރިޝަސް އާއި ދެމެދު، އިގްދިސާދީ ސަރަހައްދު ފުށުއަރާގޮތަށް އޮތް ހިސާބާމެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުމަށް ވާސިލްވި އިރު ރައީސްގެ އެ ސިޓީފުޅަށް ރިއާޔަތް ކޮށްފައިވާ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ އެ ސިޓީގެ ސަބަބުން ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެ މައްސަލަ އިޓްލޮސް އިން ނިންމީ ރާއްޖެއިން މައްސަލަ ނިންމައިދިނުމަށް އެދުނު ގޮތަށެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.