ކަނޑު ބެހި މައްސަލަ: ރައީސްގެ ސިޓީން ކުރި އަސަރެއް ނެތް

"...މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމައި ހުކުމަށް ވާސިލުވިއިރު ރިއާޔަތްކުރި އެއްވެސް ކަމެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީގެ ވާހަކަ ބަޔާންކޮށްފައެއް ނެތް. އެހެންކަމުން، ހުކުމަށް ބަލާއިރުވެސް ސިޓީގެ ސަބަބުން ބައުންޑަރީ ޑީލިމިޓް ކުރުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަން ސާފު،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވަނީ

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ ސަބަބުން ބައުންޑަރީ ޑީލިމިޓް ކުރުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ވަނީ ދިވެހިރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑިލިމިޓް ކުރުމުގެ މައްސަލައާ ގުޅޭ މައުލޫމާތު ކަރުދާހެއް އާންމުކޮށްފައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނާ ބޭފުޅުންގެ ނަަޒަރުގައި އެ ނިންމުން އައުމުގައި ރައީސްގެ ސިޓީގެ ދައުރު ވަރަށް މުހިންމެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާ ކަަމަށް އިދިކޮޅު ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ވިދާޅުވެއެވެ.

އެ ސިޓީ ހާމަކުރުމަށްވެސް އިދިކޮޅު ޕާޓީތަކުން ދަަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ކުރަން ގަސްތެއް ނުކުރެއެވެ. ސިޓީ ހާމަކުރަން ދެކޮޅު ހެދުމަކީ އެ ކަމުގައި ވަރަށް ބޮޑު ގޯހެއް އޮތް ކަމެއް ކަމަށް ދެކޭ މީހުން ގިނަ އެވެ.

އެޓާނީ ޖެެނެރަލްގެ އޮފީހުން ބުނީ އދ ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން އެ ގައުމުގެ ބޮޑުވަޒީރަށް އަންގަވާފައިވަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދުގައި އިޓްލޮސްގައި ހިނގި މައްސަލައިގައި މައުލީއީ ގޮތުން ޖަވާބުދާރީވެ ނިމުނު ފަހުން އޮގަސްޓް 22، 2022 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވަނީ

އަދި އެކަމުގެ ސަބަބުން، ރާއްޖެ އިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތު ކުރަމުން ގެންދިޔަ މައްސަލައި ގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް / ސްޓޭންޑަށް އެއްވެސް ބަދަލެއް އައިސްފައިނުވާނެ ކަމަށެވެ. އެއީ ޗާގޮސް އަކީ މޮރިޝަސްގެ ތަނަކަށް ވިޔަސް ނޫނީ އިނގިރޭސިވިލާތުގެ ތަނަކަށް ވިޔަސް ބައުންޑަރީ ކަނޑައެޅުމުގައި ރިއާޔަތް ކުރަން ޖެހޭ އަންކްލޮސްގެ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާތީ ކަމަށެވެ.

މީގެ އިތުރުން ޔޫއެން ޖެނެރަލް އެސެމްބްލީގައި ވަކި ގޮތަކަށް ވޯޓް ލުމަކީ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަމެއް ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ.

"...މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމައި ހުކުމަށް ވާސިލުވިއިރު ރިއާޔަތްކުރި އެއްވެސް ކަމެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީގެ ވާހަކަ ބަޔާންކޮށްފައެއް ނެތް. އެހެންކަމުން، ހުކުމަށް ބަލާއިރުވެސް ސިޓީގެ ސަބަބުން ބައުންޑަރީ ޑީލިމިޓް ކުރުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަން ސާފު،" އޭޖީން އާންމުކުރި ކަރުދާހުގައި ވެއެވެ. 

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ވަރަށް ކުރީކޮޅު ވަނީ މޮރިޝަސްއަށް ވަޑައިގެންފައެވެ. ވެރިކަމުގެ އެންމެ ކުރީކޮޅު އެ ގައުމަށް ވަޑައިގަތުމުން ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ޗާގޯސްގެ މައްސަލާގައި ސަރުކާރުގެ ވިސްނުން ބަދަލުވުމުގެ އަސްލަކީ އެ ދަތުރުފުޅެވެ. އެ ދަތުރުފުޅު ކުރެއްވީ ބޭރު ގައުމެއްގެ ނުފޫޒުގައި އެ ގައުމުގެ އެެދުމުގެ މަތީން ކަމަށްވެސް ބުނެއެވެ. އަދި ޗާގޯސްގެ މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށްފައި ވަނީ ފައިސާއަށް ކަމަށްވެސް ތުހުމަތު ކުރެއެވެ.

އެ ހުރިހާ ތުހުމަތެއް ސަރުކާރުން ދޮގުކުރެއެވެ. ސަރުކާރުން ވަނީ އިޓްލޮސްގެ ނިންމުމަކީ ރާއްޖެއަށް ބޮޑު ކާމިޔާބެއް ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.