ކުރީގެ އިސްގާޒީ ހައިލަމް، ޖޭޕީއާ ގުޅިވަޑައިގެންފި

ފަނޑިޔާރުކަމުގައި ހުންނެވިއިރު ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު ހައިލަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން މެންބާޝިޕް ފޯމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު / އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ހަވާލު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހްމަދު ހައިލަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަަތުން

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހްމަދު ހައިލަމް، ސިޔާސީ މައިދާނަށް ނިކުންނަވާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑަައިގެންފި އެވެ.

ފަނޑިޔާރުކަމުގައި ހުންނެވިއިރު ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު ހައިލަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން މެންބާޝިޕް ފޯމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު / އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ހަވާލު ކުރައްވާފައެވެ.

ހައިލަމް، ޖޭޕީއާ ގުޅިވަޑައިގެންފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައް ނިންމަވާ މެންބަރުން އިތުރުކޮށް ކެމްޕެއިން ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. ޖޫން ނުވަވަނަ ދުވަހު ގާސިމަށް ރިޔާސީ ޓިކެޓް އަރުވާ ޖޭޕީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހައިލަމްއަކީ ކޮން ބޭފުޅެއް - ކްރިމިނަލް ކޯޓްގެ އިސްގާޒީކަން ކުރެއްވި ހައިލަމްއަކީ ސިޔާސީ ބޭފުޅުންްގެ މައްޗަށް ހުށައެޅުނު މުހިންމު ބައެއް ޝަރީއަތްތައް ހިންގެވި ބޭފުޅެކެވެ. އެންމެ ފާހަގަކޮށްލެވެނީ ރައީސް ޔާމީންގެ ޝަރީއަތެވެ. ވަގުތުން ދުރަށް ފޮނުވި ޝަރީއަތުގެ އަޑުއެހުންތައް ހައިލަމް ގެންދެވި ގޮތާއި ދައުލަތާއި ރައީސް ޔާމީންގެ ވަކީލުންނަށް އަމާޒު ކުރެއްވި ސުވާލުތަކާއި ގުޅިގެން ވަަރަށް ގިނަ ބައެއްގެ މެދުގައި ހައިލަމްއަކީ މަގުބޫލު ބޭފުޅެކެވެ.

ހައިލަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިމިނަލް ކޯޓުގެ މުވައްޒަފުންތަކެއް ހިމެނޭ ވައިބާ ގުރޫޕަކަށް ހައިލަމް ފޮނުއްވި ފޮޓޯއެއްގެ މައްސަލާގައެވެ. އެ ފޮޓޯ އިން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ބައިވެރިވި ބައެއް މީހުންގެ ކަރުގައި ވާ ޖަހާފައިވާ މަންޒަރެވެ.

އެ މައްސަލަ ފެންމަތިވީ ރައީސް ޔާމީނަށް ހުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށެވެ.

ހައިލަމް މަގާމުން ވަކިކުރުމުގެ މައްސަލަ އަވަހަށް ކުރިއަށް ގެންދަނިކޮށް އަމިއްފުޅަށް އިސްތިއުފާ ދެއްވީ އެވެ.

ކޮމެންޓް

1
450
ހުސޭނުބެ
1 year ago

މިއުޅޭ ކްރިމިނަލް ގްރޫޕްތަކުން ކޮންޓްރޯލް ކުރާ ބޭފުޅުން އަހަރުމެން ޕާރޓީއާއި މިގުލޭތީ ބިރުގަނެއެވެ. ކޮންމެވެސް ބޭނުމެއް އޮންނާނެއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.