ކޮމިޝަންގެ ނިންމުމަށް އިހްތިރާމްކޮށް އެމްއާރްއެމްގެ ނަމުގައި ހަރަކާތެއް ނުހިންގަން ޕާޓީން އެދިއްޖެ

އެމްއާރްއެމުން ބުނީ އެ ޕާޓީން ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާ އިލެކްޝަންސް ކޮމިޝަނުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން: އެ ޕާޓީގެ ނަމުގައި ހަރަކާތް ނުހިންގަން ވަނީ އަންގާފައި

ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާ އިލެކްޝަންސް ކޮމިޝަންގެ ސިޓީއެއް ލިބިފައިވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން އެ ޕާޓީން އެދިއްޖެ އެވެ. 

ކުރީގެ ރައީސް މައުމޫން އުފެއްދި އެމްއާރްއެމް އުވާލަން އިލެކްޝަނުން ނިންމީ އިއްޔެ އެވެ. ސިޔާސީ ޕާޓީއެއް ދެމި އޮންނަނީ ދަފުތަރުގައި 3000 މެންބަރުން ހަމަ ނަމަ އެވެ. އެމްއާރްއެމް އުވާލަން ނިންމީ އެ އަދަދަށް މީހުން ހަމަ ނުވެގެން ކަމަށް ބުނެ އެވެ.

އެމްއާރްއެމުން ބުނީ އެ ޕާޓީން ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާ އިލެކްޝަންސް ކޮމިޝަނުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން ޕާޓީގެ އެންމެހާ މެންބަރުންނަށާއި ކޮމިޓީތަކާއި ގުނަވަންތަކާއި ގޮފިތަކަށް ޕާޓީގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާ ކަމަށެވެ.

އެ ޕާޓީން ބުނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުވާލަން ނިންމާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެކަން ސާބިތު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް

1
450
ގޮ---
10 months ago

2980 މީހުން ޕާޓީގެ ދަފްތަރުގައި ތިބެމެ 20 މީހުން އަލަށް ހޯދަން ނުކުޅެދުނީމާ އަމިއްލަޔަށް ހުއްޓާލުން ރަގަޅީ. މޑޕ އަށް ވަންނަން ރަގަޅު.

ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.