7 ދާއިރާއަކުން އިންޓާންޝިޕް ފުރުސަތު އެމްޕީއެލުން ހުޅުވާލައިފި

މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ މި ފަދަ އިންޓާންޝިޕް ޕްރޮގުރާމުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ.

އެމްޕީއެލްގެ ކުރީގެ އިންޓާނަކަށް އެ ކުންފުނީގެ މެންޓާއަކު މަސައްކަތް ދަސްކޮށް ދެނީ

ހަތް ދާއިރާއަކުން އިންޓާނުންގެ ގޮތުގައި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވިޔަފާރި ބަނދަރުތައް ބަލަހައްޓާ އެމްޕީއެލްއިން ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ ތިން ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފުރުސަތު ދެނީ ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވަމުންދާ ދަރިވަރުންނަށެވެ. މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެ ޕްރޮގްރާމުގައި ބައިވެރިވާން ވަނީ ހުޅުވާލާފަ އެވެ.

އިންޓާންޝިޕަށް ހުޅުވާލާ ދާއިރާތައް

  •  މެކޭނިކަލް އިންޖިނޭރިން
  •  ސިވިލް އިންޖިނޭރިން
  •  މެރިން އިންޖިނޭރިން
  •  އިލެކްޓްރިކަލް އިންޖިނޭރިން
  •  އިންފޮމޭޝަން ޓެކްނޮލޮޖީ
  •  ބިޒްނަސް ޑިވެލޮޕްމެންޓް
  •  މާކެޓިން

މި ޕްރޮގްރާމަކީ އެ ކުންފުނީގައި އޮތް ވަޒީފާގެ ފުރުސަތުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމާއި، މެރިޓައިމް ދާއިރާއަށް އެ ކުދިން ޝައުގުވެރި ކުރުވާ ޕްރޮގްރާމެކެވެ. އަދި، ބަނދަރުގައި ކުރާ މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރި ވެސް ކުރުވާނެ އެވެ. 

ބައިވެރިވާ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދޭނެއިރު ކޮންމެ ދަރިވަރެއް ވެސް މަސައްކަތްކުރާނީ ހާއްސަ މެންޓާއެއްގެ ބެލުމުގެ ދަށުންނެވެ. މެންޓާއިންގެ ގޮތުގައި ތިބޭނީ، ދަރިވަރުންނާ އެންމެ ގާތުން ކަންކަން ދަސްކޮށްދީ، މައުލޫމާތު ދިނުމަށް މަސައްކަތް ކުރާނެ، އެމްޕީއެލްގެ ތަޖުރިބާކާރުންނެވެ.

މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ މި ފަދަ އިންޓާންޝިޕް ޕްރޮގުރާމުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.