އޮސްޓްރޭލިއާއިން ރާއްޖޭގައި ހައިކޮމިޝަނެއް ހުޅުވައިފި

ރާއްޖެއިން އޮސްޓްރޭލިއާއެކު ހާރިޖީ / ސިޔާސީ ގުޅުން ގާއިމުކުރީ ޖޫން 1974 ގައެވެ. އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މިހާރު ކަނޑައަޅާފައިވާ ސަފީރަކީ ޕޯލް ވެސްލީ ސްޓެފަންސް އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މިހާރު ކަނޑައަޅާފައުވާ ސަފީރަކީ ޕޯލް ވެސްލީ ސްޓެފަންސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަނީ

އޮސްޓްރޭލިއާއިން ދިވެހި ރާއްޖޭގައި ހައި ކޮމިޝަނެއް ހުޅުވައިފި އެވެ. 

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވަން ނިންމާފައިވާ ކަމަށް އެންމެ ފުރަތަމަ އިއުލާނެއް ކުރީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. 

މިއީ އެ ގައުމުގެ ހައިކޮމިޝަނެއް ދިވެހި ރާއްޖޭގައި ގާއިމުކޮށް ހުޅުވި ފުރަތަމަ ފަހަރެވެ. މިހާތަނަށް ހައިކޮމިޝަނަރުގެ ހުރިހާ ކަމެއް އޮންނަނީ ސްރީލަންކާގަ އެވެ. 

ރާއްޖެއިން އޮސްޓްރޭލިއާއެކު ސިޔާސީ / ހާރިޖީ ގުޅުން ގާއިމްކުރީ ޖޫން 1974 ގައެވެ. އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މިހާރު ކަނޑައަޅާފައިވާ ސަފީރަކީ ޕޯލް ވެސްލީ ސްޓެފަންސް އެވެ. 

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓްވިޓާގައި ވިދާޅުވީ އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ދިވެހިރާއްޖޭގައި ހުޅުވުމުން އުފާ ކުރައްވާ ކަމަށާއި އޭގެ ސަބަބުން ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ، އާ އުސްމިންތަތަކަށް ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.  

ކޮމެންޓް

1
450
ޝަރީފް
11 months ago

ދެންވެސް ވިސާ ޕްރޮސެސް ފާސްޓް ވާނެބާ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.