މާފަރު އެއާޕޯޓްގައި އެކްސްކަވެޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު މަރުވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ މަރުގެ މި ހާދިސާ ހިނގާފައިވާ ގޮތެއް ބަލައި ތަހުގީގެއް ކުރަމުންނެވެ.

މާފަރު އެއާޕޯޓް: އެ އެއާޕޯޓްގައި މިއަދު ވަނީ އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެފައި
  •  ތިންމަސް ކުރީން ބުރުނީގައި ރުކަކުން ޖެހި ބިދޭސީއަކު މަރުވި
  •  މަސައްކަތު މާހައުލު އެކްސިޑެންޓްތައް މަދެއް ނުވޭ

ނ. އަތޮޅުގައި އޮންނަ މާފަރު އެއާޕޯޓްގައި ބޭނުން ކުރި އެކްސްކަވޭޓަރެއް ފުރޮޅާލައި އަނިޔާވި ބިދޭސީ މީހަކު މަރުވެއްޖެ އެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ މަރުގެ މި ހާދިސާ ހިނގާފައިވާ ގޮތެއް ބަލައި ތަހުގީގެއް ކުރަމުންނެވެ.

ފުލުހުން ބުނީ - ފުލުހުންގެ އިދާރާއިން ބުނީ މާފަރު އެއާޕޯޓްގެ ރަންވޭގެ މަސައްކަތެއްގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރެއް މިއަދު ހެނދުނު ފުރޮޅާލާފައިވާ ކަމަށެވެ. އަދި ބުނީ އެ ހާދިސާގެ ތެރެއިން އަނިޔާވި މީހަކަށް ފަރުވާ ދޭން މާފަރުގެ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް އެ ސެންޓަރުން ބުނި ކަމަށެވެ.

ފުލުހުންނަށް އެ ހާދިސާގެ މައުލޫމާތެއް ލިބިފައ ވަނީ 9:30 ވާން އުޅެނިކޮށް ކަމަށް ވެސް މީޑިއާއަށް ފޮނުވި މެސެޖެއްގައި މިއަދު ބުންޏެވެ.

މާފަރު އެއާޕޯޓް އެކްސިޑެންޓްގެ ހާދިސާގައި މަރުވި 35 އަހަރުގެ ބިދޭސީ މީހާއަކީ ފުރޮޅައިލި އެކްސްކަވޭޓަރު ދުއްވަން އިން އޭގެ ޑްރައިވަރެވެ. އޭނާއަކީ އިންޑިއާގެ ރައްޔިތެކެވެ. 

ފަސްފަހަތް - ރާއްޖޭގައި އެންމެ ފަހުން މަސައްކަތު މާހައުލު އެކްސިޑެންޓެއްގައި މީހަކު މަރުވެފައި ވަނީ ފެބުރުއަރީ 26، 2023 ގައެވެ. އެއީ ތ. އަތޮޅު ބުރުނީގައި ރުކަކުން ޖެހިގެނެވެ. އެ ދުވަހު ބުރުނީ ހާދިސާވެސް ހިނގީ އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނި ކޮށެވެ. އެ ދުވަހު ރުކަކުން ޖެހިގެން މަރުވެފައި ވަނީ ވެސް އިންޑިއާގެ މީހެކެވެ.

މަސައްކަތުގެ މާހައުލުގައި ހިންގާ ނުރައްކާތެރި އެކްސިޑެންޓްތައް ރާއްޖޭގައި ގިނަ އެވެ. އަދި އެފަދަ ގިނަ ހާދިސާތަކުގައި މަރުވުމާއި ބޮޑެތި އަނިޔާތައް ލިބޭނީ ބިދޭސީންނަށެވެ. 

ކޮމެންޓް

1
450
މަތީނު
11 months ago

ހަމަ ކޮންމެ އެކްސިޑެންޓެއް ވާއިރަށް ބުނާނެ ދިރާސާ ކުރަނީ އޭ، ހަރާން ކުރެވޭ ދިރާސާއެއް.......

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.