ހަފުތާ ބަންދުގައި ޓްރާންސްޕޯޓްގެ އޮންލައިން ހިދުމަތް މެދު ކެނޑޭނެ

ހުކުރު ހޮނިހިރު، އެ ދެދުވަހު ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ތަކުގައި މި މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑޭނެތީ ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން މިނިސްޓްރީ ވަނީ މާފަށް އެދިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މެރިން އެކްސްޕޯއެއްގައި: އެކަމަނާގެ މިނިސްޓްރީގެ ހިދުމަތަށް މި ހަފުތާގެ ބަންދުގައި ބުރޫއަރާނެ -- މި

ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިންކޮށް ދެމުން ގެންދާ ހުރިހާ ހިދުމަތްތަކަށް ބުރޫއަރައި ދެ ދުވަހަށް މެދުކެނޑޭތީ އެކަން އާންމުންގެ ސަމާލު ކަމަށް ގެނެސް މާފަށް އެދިއްޖެ އެވެ. 

އެ މިނިސްޓްްރީން އިއްޔެ ޖެހި އިއުލާނެއްގައި ބުނަނީ ހުޅުމާލޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާ އުމަރު ޒާހިރު އޮފީސް އިމާރާތަށް ކަރަންޓު ދިނުމަށް އިމާރާތުގެ ބޭރުގައި ބަހައްޓާފައިހުރި ވަގުތީ އޮއިލް ޓްރާންސްފޯމާ، ޑްރައި ޓްރާންސްފޯމާ އަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯ އާއި މަޝްރޫއުގެ ކޮންޓްރެކްޓަރުން މާދަމާ، މޭ 26 އިން 27 އަށް، ހަފުތާ ބަންދުގައި ކުރާނެ ކަމަށެވެ. 

އެ މަސައްކަތްތައް ކުރާ ވަގުތުތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީން ގިނަ ވަގުތު ކަރަންޓު ކެނޑިފައި ހުންނާނެ ކަމަށެވެ.

އަދި ބުނީ ހުކުރު ހޮނިހިރު، އެ ދެ ދުވަހު ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ތަކުގައި މި މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑޭނެ ކަމަށާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން މިނިސްޓްރީ މާފަށް އެދޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.