ޓޫރިޒަމް މާސްޓާ ޕްލޭންތައް ހެދިޔަސް ދިވެހިންނަށް ވަޒީފާ ދިނުމުގައި ލިބެނީ ބޮޅެއް

ރިސޯޓުތަކުގައި މިހާރު ދިވެހިން ތިބީ 2013 ވަނަ އަހަރު ހަތަރު ވަނަ މާސްޓަ ޕްލޭން ހަދަން ފެށިއިރު ތިބި އަދަދަށް. އެ ޕްލޭންގައި އޮތީ ރިސޯޓުތަކުގައި 30،000 ދިވެހިން މަސައްކަތް ކުރާނެ ކަމަށް

ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔާ ހިދުމަތް ދިނުމަށް ދިވެހި މުވައްޒަފުން ހަރަކާތެރިވާ ކަމަށް އާޓިފިޝަލް އިޓަލިޖެންސް އިން ސިފަކޮށްފައިވާ އިމޭޖެއެއް -- އޭއައި މިނޫސް / ޑާލޭ

ބައި ގަރުނުވީ ދިވެހި ޓޫރިޒަމްގެ ކުރިމަގުގެ އާ ތަސްވީރެއް ކުރެހި ޕްލޭން، މިދިޔަ ހަފުތާ ނިމުނުއިރު ވަނީ އާއްމު ކޮށްފަ އެވެ. ބޭރުގެ މާހިރުންގެ އެހީގައި މިފަހަރު ނެރުނު ފަސްވަނަ ޓޫރިޒަމް ޕްލޭނާ ހަމައަށް ރާއްޖެ ދަތުރު ކުރީ ޓޫރިޒަމްގެ ގިނަ ކާމިޔާބީތަކާއި ކުރިއެރުންތައް ވެސް ހިފައިގެނެވެ. މާސްޓަ ޕްލޭންގައި ހިމެނެނި ބައެއް ކަންކަން ކާމިޔާބު ކޮށްގެންނެވެ. ކުރިމަގަށް ކުރަހާ މި ޕްލޭންގައި ކާމިޔާބީތަކެއް ހުއްޓަސް މާސްޓާ ޕްލޭނެއްގައި ހިމެނޭ އިންސާނީ ވަސީލަތް އިތުރު ކުރުމުގެ ބައިން ފެންނަނީ ބޮޑު ތަނުން ފޭލިވެފައިވާ ތަނެވެ.  

ބުރާސްފަތި ދުވަހު ނެރުނު ފަސް ވަނަ މާސްޓަ ޕްލޭންގެ ކުރީގައި ނެރުނު ހަތަރު ވަނަ ޕްލޭން އޮތީ 2013 އިން 2017 އަށެވެ. އެ މުއްދަތުގައި ދިވެހިންނަށް ކިހާ ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްކޮށް ދެއްވިއްޖެ އެވެ. 

ޓޫރިޒަމްގެ ހަތަރު ވަނަ މާސްޓަ ޕްލޭންގައި ވެސް ބުނެފައިވާ ގޮތުގައި މުވައްޒަފުންނަށް ބޮޑު އަހަމިއްޔަތުކަމެއް ދޭނެ އެވެ. ހާއްސަކޮށް ދިވެހިން ވަޒީފާއަށް ނެރުމަކީ އިސް ކުރާނެ ކަމަށް ކަމަށް ބުނެފައިވެ އެވެ. އެ ޕްލޭންގައިވާ ގޮތުން 2017 ވަނަ އަހަރާ ހަމައަށް ޖުމްލަ ޓޫރިޒަމް މުވައްޒަފުންގެ އަދަދު 43,479 އަށް އިތުރު ވާނެ އެވެ. އެ މުއްދަތާ ހަމައަށް ދިވެހިންގެ ގޮތުގައި ޓޫރިޒަމް ދާއިރާގައި ހާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 19,295 އަށް އަރާނެ އެވެ. 

ހަމައެހެންމެ ދިވެހިން މަސައްކަތް ކުރާ މިންވަރު 50 ޕަސެންޓަށް އިތުރު ކުރުމަކީ ވެސް އަމާޒު ހިފި ކަމެކެވެ. މި އަމާޒުތައް ވާސިލްވި ހެއްޔެވެ؟ 

ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔާ ހިދުމަތް ދިނުމަށް ދިވެހި މުވައްޒަފުން ހަރަކާތެރިވާ ކަމަށް އާޓިފިޝަލް އިޓަލިޖެންސް އިން ސިފަކޮށްފައިވާ އިމޭޖެއެއް -- އޭއައި މިނޫސް / ޑާލޭ

އާންމު މީހާ / ރިސޯޓް މުވައްޒަފުން ކުރާނެ ސުވާލަކީ މި އެވެ. އާ މާސްޓާ ޕްލޭނެއް ހަދައިގެން ނެރުނުއިރު ކިހާ އަދަދެއްގެ ދިވެހިންނެއް ރިސޯޓުތަކުގައި މަސައްކަތް ކުރޭ ހެއްޔެވެ؟ 

ސަރުކާރުގެ ބޮޑުވެގެންވާ ފޭލިވުމެއް

ރާއްޖޭގެ ޓޫރިޒަމް މާސްޓަ ޕްލޭންތައް ހަދަން ފެށީ 2012 އިން ފެށިގެނެވެ. މި ހުރިހާ ކަރުދާސްތަކުން ވެސް ފެންނަނީ ޓޫރިޒަމް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގެ އެއްވެސް ލަނޑުދަނޑިއެއް ހާސިލްވެފައި ނެތް ތަނެވެ. މިކަން ކުރަން ދައުލަތް - ސަރުކާރުގެ މުޅި ސިސްޓަމް ވެސް ފެއިލްވެފައި އޮތް ތެނެވެ. ވަޒީފާތަކަށް ދެވޭ ވަރަށް ދިވެހިން އުފެދިފައި ނެތް ތަނެވެ. މަތީ ފަންތީގެ ލަގްޒަރީ ވަޒީފާތަކަށް ބޭނުންވާ ސެޓްފިކެޓް ހޯދުމުގެ ފުރުސަތު ދިވެހިންނަށް ދެވިފައި ނެތް ތަނެވެ.  

ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔާ ހިދުމަތް ދިނުމަށް ދިވެހި މުވައްޒަފުން ހަރަކާތެރިވާ ކަމަށް އާޓިފިޝަލް އިޓަލިޖެންސް އިން ސިފަކޮށްފައިވާ އިމޭޖެއެއް -- އޭއައި މިނޫސް / ޑާލޭ

ބޮޑު ވެގެންވާ މި ފެއިލިއާގެ ހަގީގީ މަންޒަރު ފެންނަނީ އޭގެ ފަސް އަހަރު ފަހުން ދިވެހިން ތިބި އަދަދު ގުނުމުންނެވެ. ޓޫރިޒަމް ހަތަރުވަނަ މާސްޓަ ޕްލޭން ނެރުނު ތާ ފަސް އަހަރު ފަހުން 2021 ގައި ޓޫރިޒަމް ސިނާއަތުގައި ތިބޭނެ ކަމަށް އޭރު އަންދާޒާކުރި ޖުމުލަ މުވައްޒަފުންގެ އަންދާޒާއަކީ 48,461 އެވެ. މި އަދަދު ކިތަންމެހާ ރަނގަޅަށް ވެސް ކާމިޔާބު ވެއްޖެ އެވެ. އޭރުގެ އަންދާޒާއަކީ ދިވެހިންގެ ރޭޝިއޯ 60 ޕަސެންޓުގަައި ހިފެހެއްޓުމެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު 33,743 އަށް އެރުވުމެވެ. އެކަމަކު 2021 ވަނަ އަހަރާ ހަމައަށް ބަލާއިރު މި އަދަދުގެ ކުޑަ މިންވަރެއް ވެސް ކާމިޔާބުވެފައެއް ނެތެވެ. 

ނަމްބަރުތަކުން ފެންނަނީ ސަރުކާރުގެ އަތުން ދިވެހި ޒުވާނުންނަށް ވަޒީފާ ދިނުމުގެ ލަގަން ނެގި ދޫވެގެން ގޮސްފައިވާ ތަނެވެ. އެއްވެސް ސިޔާސަތެއް ނެތި މިކަން ބޮއްސުން ލާފައި އޮތް ތެނެވެ. 

ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔާ ހިދުމަތް ދިނުމަށް ދިވެހި މުވައްޒަފުން ހަރަކާތެރިވާ ކަމަށް އާޓިފިޝަލް އިޓަލިޖެންސް އިން ސިފަކޮށްފައިވާ އިމޭޖެއެއް -- އޭއައި މިނޫސް / ޑާލޭ

މިހާރު ދިވެހިން ތިބީ 2013 ގައި ތިބި ވަރަށް

ޓޫރިޒަމް މާސްޓަ ޕްލ؛ޭންގައި ޖެހި ހުރިހާ ހިސާބެއް ދިމާވެފައި ނެތްއިރު މި "ބޭޒާރު" ވުން އެންމެ ރީތިކޮށް ފެންނަނީ މިދިޔަ އަހަރު ސްޓެޓިސްޓިކް ބިއުރޯރިން ހެދި ބޯހިމެނުމުގެ ނަމްބަރުތަކުންނެވެ. 

ބޯހިމެނުމުން ދައްކާ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ އާބާދީއަކީ 52,396 އެވެ. މީގެ ތެރޭގައި ތިބި ބިދޭސީން މަސައްކަތްތެރިންގެ ތިބި އަދަދަކީ 36,707 އެވެ. އަދި ދިވެހިންގެ އަދަދަކީ އެންމެ 15,689 އެވެ. މާނައަކީ މިހާރު ރިސޯޓުތަކުގައި ދިވެހިން އެ ތިބީ 2013 ވަނަ އަހަރު، ހަތަރު ވަނަ މާސްޓަ ޕްލޭން ހަދަން ފެށިއިރު ވެސް ތިބި އަދަދާ ގާތް ކުރާ މިން ވަރަކަށެވެ. އެ އަހަރާ ހަމައަށް ތިބީ އެންމެ 13,350 މީހުންނެވެ. 

މިއީ ފެއިލްވުމެއް ނޫން ހެއްޔެވެ؟  

ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔާ ހިދުމަތް ދިނުމަށް ދިވެހި މުވައްޒަފުން ހަރަކާތެރިވާ ކަމަށް އާޓިފިޝަލް އިޓަލިޖެންސް އިން ސިފަކޮށްފައިވާ އިމޭޖެއެއް -- އޭއައި މިނޫސް / ޑާލޭ

ހަތަރުވަނަ މާސްޓް ޕްލޭންގައި ދިވެހިން

  •  އޭރުގެ އަންދާޒާ 2021 އަށް ދިވެހިންގެ އަދަދު 33,743
  •  ފަހުގެ ބޯހިމެނުނު ނަތީޖާ ރިސޯޓުތަކުގައި 15,689 ދިވެހިން
  •  މި ބޭޒުވުމަކ،ީ ބޮޑު ވެގެންވާ ފެއިލްވުމެއް

ރާއްޖޭގެ ޓޫރިޒަމްގެ މިހާރުގެ ހާލަތަކީމި އެވެ. ދިވެހިންނަށް ވަޒީފާ ދިނުމުގައި ލިބެނީ ބޮޅެކެވެ. ފަސް މާސްޓަ ޕްލޭން ހެދިއިރުވެސް ދިވެހިންނަށް ފުރުސަތު ހޯދައިދޭން މުޅި ސަރުކާރު އޮތީ ފެއިލްވެފަ އެވެ. މި ފެއިލިޔާއަކީ ހަމައެކަނި ޓޫރިޒަމް މިނިސްޓްރީގެ ކަމެއް ނޫނެވެ. މި ފެއިލިޔާގެ ޒިންމާ ތައުލީމީ ދާއިރާ އިން ވެސް ނަގަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.