ބީއެމްއެލް އިންޓަނެޓް ބޭންކިންގައި މިދިޔަ އަހަރު 85 މިލިއަން މުއާމަލާތް

ބީއެމްއެލްއަށްވުރެ މާދޮށީ ބޭންކުތައް ރާއްޖޭގައި ހިދުމަތް ދިނަސް އެ ބޭންކުތަކުން އެ ދުވަހާ ހަމައަށް ވެސް މިފަދަ ލުއި ކަމެއް ގެނެސްދީފައެއް ނެތެވެ.

ބީއެމްއެލްގެ ސްކޭން ޓު ޕޭ ހިދުމަތް މީހަކު ހޯދަނީ -- ބޭންކް

ރާއްޖޭގެ ބޭންކިން ނިޒާމަށް އެންމެ ބޮޑު ބަދަލެއް ފެނިގެން ދިޔައީ 2015 ވަނަ އަހަރު ބީއެމްއެލް އިން އިންޓަނެޓު ބޭންކިން ތައާރަފު ކުރުމުންނެވެ. މިއީ ރާއްޖޭގައި ފުރަތަމަ ތައާރަފުކުރި މިފަދަ ޒަމާނީ ހިދުމަތެކެވެ. 

ބީއެމްއެލްއަށްވުރެ މާދޮށީ ބޭންކުތައް ރާއްޖޭގައި ހިދުމަތް ދިނަސް އެ ބޭންކުތަކުން އެ ދުވަހާ ހަމައަށް ވެސް މިފަދަ ލުއި ކަމެއް ގެނެސްދީފައެއް ނެތެވެ. ނަމަވެސް އިންޓަނެޓު ބޭންކިން އާއެކު ބޭންކިން ސިނާއަތް އާ ޖީލަކަށް ހުޅުވިގެން ދިޔަ އެވެ. މިއާއެކު ދެން ވީ ކިހިނެއް ހެއްޔެވެ؟ 

25،000 އަށްވުރެ ގިނަ މީހުން އަލަށް ގުޅުނު

މިހާރު ބީއެމްއެލް އިންޓަނެޓް އަދި މޯބައިލް ބޭންކިން ހިދުމަތަކީ ގިނަ ބަދަލުތަކެއް ގެނެވި ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ އެއާއި ނުލައި ދިރިއުޅުން ފަސޭހަ ނުވާނެ ހިދުމަތެކެވެ. ބޭންކިން ހިދުމަތް ފުޅާ ކުރުމަށް މެދުކެނޑުމެއްނެތި ބީއެމްއެލް އިން ކުރަމުންދާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގުފަހިވެފައި އޮތްކަމީ މިދިޔަ އަހަރު 25،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަލަށް ބީއެމްއެލްއާ ގުޅުނު މުހިންމު އެއް ސަބަބެވެ.

މިހާރު އިންޓަނެޓް ބޭންކިން ހިދުމަތް ބޭނުން ކުރާ މިންވަރަށް އަހަރުތެރޭ އެވްރެޖްކޮށް ދުވާލަކު އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތް ކުރެ އެވެ. އދި ދުވާލެއްގެ މައްޗަށް ދެ މިލައަނަށް ވުރެ ގިނަ މޯބައިލް ބޭންކިން ލޮގިން ރިކޯޑް ކުރެވިފައިވާއިރު، ފާއިތުވި އަހަރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަނީ 85 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވެ އެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ހަތް މިލިއަން ރުފިޔާގެ މުއާމަލާތެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ މި އަދަދު 230000 އަށްވުރެ އިތުރެވެ. 

އިންޓަނެޓު ބޭންކިންގެ ނަމްބަރުތައް

  •  ދުވާލަކު 232،000 އަށް ވުރެ ގިނަ މުއާމަލާތް
  •  މިދިޔަ އަހަރު 85 މިލިއަނަށް ރުފިޔާގެ މުއާމަލާތް
  •  މަހަކު ހަތް މިލިއަނަށްވުރެ ގިނަ މުއާމަލާތް

އޭޓީއެމުން 14 މިލިއަން މުއާމަލާތް

އޮންލައިން ބޭންކިން މަގުބޫލުވެފައިވީ ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު މިއަދު ބޭންކުގެ ހިދުމަތްތައް ފުޅާވެ، އޭޓީއެމްގެ ހިދުމަތަކީ ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަސްޓަމަރުން ބަރޯސާވާ މުހިންމު ހިދުމަތެކެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ގާއިމްކޮށްފައިވަނީ 182 އޭޓީއެމް އެވެ. މީގެ ތެރެއިން 141 އޭޓީއެމްއަކީ ބީއެމްއެލް އިން ގާއިމްކޮށްފައިވާ އޭޓީއެމް އެވެ. ފާއިތުވި އަހަރު ބީއެމްއެލްގެ ކަސްޓަމަރުން ވަނީ 14 މިލިއަނަށް ވުރެ ގިނަ މުއާމަލާތް އޭޓީއެމް މެދުވެރިކޮން ކޮށްފަ އެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 39،000 މުއާމަލާތެވެ.

ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.      

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.