އަމިއްލަ މަސައްކަތެރިންގެ އެހީގެ ލިސްޓަށް ފަރުމަސްވެރިން

މި ޕްރޮގްރާމުން އެހީ ދެނީ 500 ފަރާތަކަށެވެ. އެހީގެ ގޮތުގައި ދޭނީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް 60،000 ރުފިޔާ އާ ހަމައަށެވެ.

މަހިބަދޫގައި ފަރުމަސްވެރިކަން ކުރާ ކުޑަ އުޅަނދުތަކެއް : މިފަދަ ކުދި އުޅަނދުތަކުގައި ފަރުމަސްވެރިކަން ކުރާ މީހުންނަށް ހިލޭ އެހީދޭން ވަނީ ނިންމާފަ -- މި

އަމިއްލަ މަސައްކަތް ކުރާ މީހުނަށް މާލީ އެހީ ދޭން ޖޮބް ސެންޓަރު މެދުވެރިކޮށް އިކޮނިމިކް މިނިސްޓްރީން އެހީދޭ ލިސްޓަށް ފަރުމަސްވެރިކަން ކުރާ ކުދި އުޅަނދުގެ ވެރިން އިތުރު ކޮށްފި އެވެ.  

އިކޮނޮމިކް މިނިސްޓްރީން އެހީގެ މި ޕްރޮގްރާމް ފެށީ އަމިއްލަ މަސައްކަތް ކުރާ މީހުނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރު ކޮށްދޭށެވެ. މި ޕްރޮގުރާމުގެ ދަށުން 500 މީހަކަށް އެހީ ދޭން ހަމަޖައްސާފައި ވެއެވެ. އޭގެ ތެރެއިން 40 ޕަސެންޓު ފުރުސަތު ހާއްސަ ކުރަން ހަމަޖައްސާފައި ވަނީ އަންހެނުންނަށެވެ. ކޮންމެ މަސައްކަތްތެރިއަކަށް ވެސް 60،000ރ. އާ ހަމައަށް އެހީއަށް އެދެ ވޭނެ އެވެ. ދޭ ފައިސާ ހަރަދު ކުރެވޭނީ ވިޔަފާރިއަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، ސްޓޮކް ގަތުމަށެވެ. އެ މީހުނަށް މިނިސްޓްރީން ތަމްރީނުވެސް ދެ އެވެ. 

މި ޕްރޮގްރާމަށް އަލަށް އިތުރު ކޮށްފައި ވަނީ ފަރުމަސްވެރިކަން ކުރާ 30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތްތަކަށް ހާއްސަ ބަޔަކާއި އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް އަދި ވެލްޑިން އަދި ކާޕެންޓްރީގެ މަސައްކަތަށް ހާއްސަ ބައެކެވެ. 

އަލަށް އިތުރު ކުރި

  •  އިލެކްޓްރިކަލް ވަޔަރިންގް
  •  ވެލްޑިން އަދި ކާޕެންޓްރީގެ

އެހީ ލިބޭ ދާއިރާތައް

  • 1.އަތްތެރި މަސައްކަތް
  • 2.ބިއުޓީ އަދި މޭކަޕް
  • 3.ފޮޓޯ އަދި ވީޑިއޯ ގުރަފީ
  • 4.ފެހުމާއި ޓެކްސްޓައިލް މަސައްކަތް
  • 5.އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • 6.ކްރިއޭޓިވް އާޓްސް އަދި މިއުޒިކް
  • 7.ކުޅިވަރު ފިޓްނަސް
  • 8.ފަރުމަސްވެރިކަން ކުރާ 30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތް
  • 9.އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
  • 10.ވެލްޑިން އަދި ކާޕެންޓްރީގެ މަސައްކަތަށް

މި އެހީއަށް އެދި ހުށަހެޅޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. އަމިއްލަ ނަމުގައި ދިވެހި ރުފިޔާ އެކައުންޓެއް އޮންނަން ވާނެ އެވެ. ފާއިތުވި ހަތަރު މަސްދުވަސް ތެރޭ މުސާރަ ހިނގާ ވަޒީފާއެއްގައި ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކޮށްފައި އޮވެގެން ނުވާނެ އެވެ. 

އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައި މީހަކަށް ވާންވާނެ އެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.