ދެވަނަ ބުރަށް ދާއިރު އުރުދުޣާނަށް ފަސޭހަވާ ގޮތް ވެއްޖެ

ދެ ވަނަ ބުރަކަށް ދާއިރު މި ބަދަލު އައި ނަމަވެސް އޮއާންގެ އޭޓީއޭ އެލަޔަންސްގެ ތެރޭގައި އޮތް ޖަސްޓިސް ޕާޓީން ވަނީ ކްލިޗްތަރޯލޯއަށް ތާއީދުކުރަން ނިންމާ އާއޮންގެ ކޯލިޝަނާ ފެއަށް ޖެހިފަ އެވެ.

އުރުދުޣާން ސިނާން އޮގާންއާ ބައްދަލު ކުރައްވަނީ: އޮގާން ތާއީދު ދެއްވީ އުރުދުޣާނަށް

ތުރުކީގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ބޭފުޅުަކަށް 50 ޕަސެންޓަށްވުރެ މަތީން ވޯޓް ހޯއްދެވިފައި ނުވާއިރު ދެ ވަނަ ބުރެއްގައި ރައީސް އުދުޣާނަށް ތާއީދު ކުރައްވަން ނިންމަވައި އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނަ އަށް ވަޑައިގެންނެވި ސިނާން އޮގާން ނިންމަވައިފި އެވެ. 

ދެވަނަ ބުރުގައި އުރުދުޣާނަށް ތާއީދު ކުރައްވަން އޮގާން ނިންމެވުން މިހާރު ބެލެވިފައި ވަނީ އުރުދުޣާން "މޮޅުވެއްޖެ" ކަމަށެވެ. އޮއާންގެ ތާއީދު ވޯޓާއެކު އުރުދުޣާނަށް އިންތިހާބު ނެގޭނެ އެވެ.

އޮގާން ވިދާޅުވީ އުރުދުޣާނަށް ތާއީދު ދެއްވަން ނިންމެވީ ޓެރެރިޒަމާ ދެކޮޅަށް ކުރައްވާ މަސައްކަތާ ހެދި ކަމަށެވެ. އެ ސްޓޭޓްމަންޓާއެކު އުރުދުން ވަނީ އާއޮންއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ފުރަތަމަ ބުރުގައި އުރުދުޣާނަށް ލިބިވަޑައިގަތީ 49.5 ޕަސެންޓެވެ. އިދިކޮޅު ހަ ޕާޓީއަކުން ހަދާފައިވާ ކޯލިޝަންގެ ކެނޑިޑޭޓް، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ކެމާލް ކްލިޗްތަރޯލޯއަށް 44.89 ޕަސެންޓެވެ.  އޭޓީއޭ. އެލަޔަންސްގެ ކެނޑިޑޭޓުގެ ގޮތުން ވާދަ ކުރެއްވި އޮއާން އަށް ވެސް 5.2 ޕަސެންޓް ލިބި ވަޑައިގަތެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ދެ ވަނަ ބުރަކަށް ދާއިރު މި ބަދަލު އައި ނަމަވެސް އޮގާންގެ އޭޓީއޭ އެލަޔަންސްގެ ތެރޭގައި އޮތް ޖަސްޓިސް ޕާޓީން ވަނީ ކްލިޗްތަރޯލޯއަށް ތާއީދުކުރަން ނިންމާ އާއޮންގެ ކޯލިޝަނާ ފެއަށް ޖެހިފަ އެވެ.

ކޮމެންޓް

1
450
އަލީމް ބާއީ
11 months ago

އުރުދުގާންއަކީ ފިސާރީ ލީޑަރެއް. ގައުމަށް ބޭނުންވަނީ މިފަދަ މީހުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.