33 މަނީ އެކްސްޗޭޖަރެއްގެ ހުއްދަ ބާތިލުކޮށްފި

ފައިސާ މާރުކުރާ ތަންތަނުން ބޭރު ފައިސާ ގަނެ ވިއްކަނީ ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށެވެ. މިއީ މަނާކަމެކެވެ. އެހެންވެ އެމްއެމްއޭއިން ކޮންމެ އަހަރަކުވެސް އެފަދަ ތަންތަން ހޯދަން އިންސްޕެންޝަންތައް ކުރިއަށް ގެންދެ އެވެ.

މާލޭގެ މަނީ އެކްސްޗޭންޖު ކުރާ ތަނެއް: މިދިޔަ އަހަރު 33 ތަނެއްގެ ހުއްދަ ވަނީ ބާތިލްކޮށްފައި
  • އިންޝުއަރެންސްގެ 4 އެޖެންޓެއްގެ ހުއްދަ ބާތިލު

ފައިސާ މާރު ކުރުން ނުވަތަ މަނީ އެކްސްޗޭޖު ކުރުމުގެ ހުއްދަ ދީފައިވާ 33 ތަނަކާއި ހަތަރު އިންޝުއަރެންސް އެޖެންޓުންގެ ހުއްދަ މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލު ކޮށްފި އެވެ. 

މަނީ އެކްސްޗޭޖު ކުރާ ތަންތަނަށް ހުއްދަދޭ ދައުލަތުގެ އިދާރާ ކަމަށްވާ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނި ގޮތުގައި މަނީ އެކްސްޗޭންޖްތައް ހިންގަން ދޫކޮށްފައިވާ ހުއްދައާ ހިލާފު ވުމުން މިދިޔަ އަހަރު 33 ތަނެއްގެ ހުއްދަ ވަނީ ބާތިލު ކޮށްފައިވާނެ ކަމަށެވެ.

އެކްސްޗޭޖަރުންގެ ހުއްދަ ބާތިލް ކުރީ ކީއްވެ؟

ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ތަންތަނަކީ ރާއްޖޭގެ އިގްތިސޯދަށް ވަންނަ ފައިސާ ރޯލް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ ފަރާތްތަކެވެ. ރާއްޖޭގައި ފައިސާ މާރު ކުރަން ރަސްމީ ރޭޓެއް ކަނޑައަޅާފައި ވެއެވެ. އަދި ބޭރު ފައިސާ ގަނެ ވިއްކޭނެ އަގުތައް ހުރިހާ މަނީ އެކްސްޗޭންޖު ކުރާ ތަންތަނުގައި ވެސް ލިޔެފައި ހުރެ އެވެ. ނަމަވެސް ހުރިހާ ތަނަކުން ވެސް ހާއްސަކޮށް ޑޮލަރު ވިއްކަނީ ސަރުކާރު ރޭޓަށްވުރެ މަތިންނެވެ. 

މީގެ އިތުރުން އިންޝުއަރެންސް އެޖެންޓުންގެ ގޮތުގައި ހަރަކާތެރިވާ ހަތަރު ފަރާތެއްގެ ހުއްދަ ވެސް ވަނީ އުސޫލާ ހިފާލުވުމުން ބާތިލުކޮށްފަ އެވެ. 

އަދި އިންޝުއަރެންސް ބްރޯކަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދައަށް އެދި ތިން ފަރާތަކުން ހުށަހެޅި އެވެ. ނަމަވެސް ތިން ފަރާތަށް ވެސް ހުއްދަ ދީފައެއް ނުވެ އެވެ. އެމްއެމްއޭ އިން މިދިޔަ އަހަރު އިންޝުއަރެންސްގެ 20 އެޖެންޓަކަށް ހިދުމަތް ދިނުމުގެ ހުއްދަ ދިނެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ބާޒާރަށް 900 މިލިއަން ޑޮލަރުވަރު އެމްއެމްއޭއިން ވިއްކާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.