މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު ޕީޕީއެމުން ހުރިހާ ޕާޓީތަކަށް ދީފި

ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޕީޕީއެމް އާއި ޕީއެންސީގެ ޕީޖީ ގުރޫޕާއި ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ މެންބަރުންނާއި ޕާޓީތަކަށް އެ ދައުވަތު ދޭ ކަމަށެވެ.

މަޖިލީހުގެ އިދިކޮޅު ޕާޓީތަކުގެ މެންބަރުން ނޫސްވެރީންގެ ބައްދަލްވުމެއްގައި

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް އާއި ޕީއެންސީގެ ޕީޖީ ގުރޫޕާއި ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ މެންބަރުންނާއި ޕާޓީތަކަށް އެ ދައުވަތު ދޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމުން އެކަން ހާމަކޮށްފައި ވަނީ މިއަދު ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޕީޕީއެމް އާއި ޕީއެންސީގެ ޕީޖީ ގުރޫޕާއި ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ މެންބަރުންނާއި ޕާޓީތަކަށް އެ ދައުވަތު ދޭ ކަމަށެވެ.

ޕީޕީއެމް އާއި ޕީއެންސީގައި ހިމެނެނީ 8 މެންބަރުންނެވެ. މަޖިލީހުގައި އޮތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އެވެ.

އެ ޕާާޓީން 13 މެންބަރަކު ވަކިވެވަޑައިގަތުމުން ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ. ނަަމަވެސް އަދިވެސް 50 މެންބަރުންނަށް ވުރެ އިތުރަށް މެންބަރުން އެބަ ތިއްބެވި އެވެ. ވަކިވެވަޑައިގެންނެވި 13 މެންބަރުން ނިސްބަތްްވެވަޑައިގަންނަވަނީ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތަށެވެ. މިވަގުތު ތިއްބެވީ މިނިވަން މެންބަރުންގެ ގޮތުގައެވެ. ނަަމަވެސް އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ބާރަށް އެބަ ހިނގައެވެ.

ދެން އޮތީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްއެންޕީ އެވެ. އެ ޕާޓީގައި ތިއްބެވީ ތިން މެންބަރުންނެވެ. ސަރުކާރުގައި ހިމެނުނަސް މިހާރު ވަކީން މަސައްކަތް ކުރަމުންދާ ޖުމްހޫރީ ޕާޓީގައި ދެ މެންބަރަކު ހިމެނިވަޑައިގަަންނަވައެވެ. އަދި އަމިއްލަ މެންބަރުންވެސް އެބަ ތިއްބެވި އެވެ. ޕީޕީއެމުން ދައުވަތު ދިނީ މި ޕާޓީތަކާއި މެންބަރުންނަށް ކަމަށް ބެލެވެއެވެ.

މަޖިލީހުގައި ދެން ތަމްސީލު ކުރާ ޕާޓީއަކީ އެމްޑީއޭ އެވެ. އެމްޑީއޭގައި ތިއްބެވީ ދެ މެންބަރުންނެވެ. އެ ޕާޓީން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމާ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ. ނަަމަވެސް އެ ޕާޓީއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ ތާއީދެއް އެ ނިންމުމަކަށް ނެތެވެ. އާމިރު ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާ މެންބަރެއްގެ ގޮތުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.