ބީއެމްއެލުން ޓެނިސް އެސޯސިއޭޝަނާއެކު، އެހީގެ އެއްބަސްވުން އާ ކޮށްފި

އެ ބޭންކުން އަންނަނީ އެހެނިހެން ކުޅިވަރު އެސޯސިއޭޝަންތަކަށް ވެސް ބޮޑެތި އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން، ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކާއި، ސާފިން ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ.

އެހީގެ އެއްބަސްވުމުގައި ބީއެމްއެލާއި، ޓެނިސް އެސޯސިއޭޝަނުން ސޮއިކުރަނީ

ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ޓެނިސް އެސޯސިއޭޝަނާ އެއްކޮށް ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މި އެއްބަސްވުމުގައި ބީއެމްއެލުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކާލް ސްޓުމްކަ އެވެ. ޓެނިސް އެސޯސިއޭޝަނުގެ ފަރާތުން ރައީސް އަހުމަދު ހަފީޒެވެ.

ތިން އަހަރު ދުވަހަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް، ތަޖުރިބާ ހޯދައިދިނުމަށްޓަކައި، ގައުމީ ޓެނިސް މުބާރާތަށް އެހީ ދިނުމަށް ހަމަޖެހިފައިވެއެވެ.

"ޤައުމީ ޓެނިސް ޗެންޕިއަންޝިޕް އަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް. އަޅުގަނޑުމެން ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތްލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވިއެވެ.

އެ ބޭންކުން އަންނަނީ އެހެނިހެން ކުޅިވަރު އެސޯސިއޭޝަންތަކަށް ވެސް ބޮޑެތި އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން، ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކާއި، ސާފިން ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. ސުއިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ މައި ޕާޓްނަރަކީވެސް ބީއެމްއެލްއެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސް ގެ ތަމްރީން ހޯދުމަށް ރާއްޖޭގެ 7 އެތްލީޓަކަށް އެ ކުންފުނީގެ ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.