ހައްޔަރު ކުރި މެންބަރު 2020 ގައި މަޖިލީހަށް ވަޑައިގަތީ މުސްލިމް ނޭޝަނަލް އެލަޔަންސްގެ ޓިކެޓްގަ އެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ގިނަ އަދަދެއްގެ ރަނާއެކު ލަންކާގެ ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ކަސްޓަމްސް އިން ހިފަހައްޓައި ހައްޔަރަށް ގެންދިޔައީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަލީ ސަބްރީ ރަހީމެވެ.
އެ މެންބަރު ހައްޔަރަށް ނެގީ 3.5 ކިލޯގެ ސާފު ނުކުރާ ރަނާއެކު އެވެ. އެހާ ގިނަ ރާނާއެކު އޭނާ ގައުމަށް ވަޑައިގަތީ މެދު އިރުމަތީގެ ގައުމެއްގައި އުޅުއްވުމަށް ފަހު އެވެ.
ސަބްރީއަކީ ޕްޓަލަމް ޑިސްޓްރިކްޓްގެ މެންބަރެވެ. އޭނާ 2020 ގައި މަޖިލީހަށް ވަޑައިގަތީ މުސްލިމް ނޭޝަނަލް އެލަޔަންސްގެ ޓިކެޓްގަ އެވެ.