އެމްޓީސީސީން ހަލާކުވި ޑްރެޖަރު ހެދުމުންވެސް ރަނގަޅެއް ނުވި

ސަރުކާރުގެ އެމްޓީސީސީއިން މުލަކު ބިން ހިއްކުމަށް ހަވާލުވެ މަސައްކަތް ލަސްވާތީ އެމްޕީ އިކްރާމް ވަނީ ޝަކުވާ ކުރައްވާފަ އެވެ.

އެމްޓީސީގެ ޑްރެޖަރަކުން ބިން ހިއްކަނީ: އެމްޓީސީގެ ޑްރެޖަރެއް ހަލާކުވި މައްސަލައެއް މަޖިލީހުގައި ޕްލޭނިން މިނިސްޓަރު ފާހަގަ ކުރެއްވި

އެމްޓީސީސީން ބިން ހިއްކަން ބޭނުން ކުރާ ޑްރެޖަރެއް ހަލާކު ވުމުން ބޭރަށް ގެންގޮސް ހަދައިގެން ނެގައުމުން ވެސް ރަނގަޅަށް މަސައްކަތް ނުހިނގާ ކަމަަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ. 

ޕީއެސްއައިޕީގެ މަޝްރޫއުތައް ބަލަހައްޓާ ހައުސިން / ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގައި މިއަދު ވިދާޅުވީ އެމްޓީސީސީން ބިން ހިއްކަން ބޭނުންކުރާ ޑްރެޖަރެއް ހަލާކު ވެގެން މަސައްކަތް ލަސްވަމުންދާ ކަމަށާ އެމްޓީސީސީގެ ޑްރެޖަރު ދުބާއީއަށް ފޮނުވައިގެން ހެދުމުން މުޅިން ރަނގަޅަށް މަސައްކަތް ނުހިނގާ ކަމަށެވެ. 

ކުންފުނީގެ ޕީއާރަށް ބޮޑު ހޭދައެއް ކުރާ އެމްޓީސީސީ ޑްރެޖަރެއްގެ ވާހަކަ ހައުސިން މިނިސްޓަރު ވިދާޅުވީ މުލަކު ދާއިރާގެ މެންބަރު އިކުރާމް ހަސަނަށް، އެމްޓީސީސީގެ ޑްރެޖަރެއްގެ މައްސަލާގައި މަޖިލީހުގައި ސުވާލު ކުރައްވަން ފެއްޓެވުމުންނެވެ. 

މިނިސްޓަރު ވިދާޅުވީ ކީކޭ؟ - މިނިސްޓަރު ވިދާޅުވީ އެ ޑްރެޖަރެއްގެ މައްސަލަ ހައްލު ނުވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މި ޑްރެޖަރު ދުބާއީއަށް ގެންގޮސް ވެސް މުޅިން އަދި ރަނގަޅު ނުވި ކަމަށެވެ. އެ ޑްރެޖަރުގެ މައްސަލަ ހައްލު ވެގެން ނުނީ މ. މުލަކުގައި ހިންގާ މަޝްރޫއުގެ ބާކީހުރި މަސައްކަތް ނިންމޭނެ ދުވަހެއް ބުނަން އެނގިވަޑައެއް ނުގަންނަވާ ކަމަށެވެ.

ނަމަވެސް މުލަކު ބިން ހިއްކަން ގެންގޮސްގެން އުޅެނިކޮށް ހަލާކު ވެގެން އުޅެނީ އެމްޓީސީސީގެ ކޮން ޑްރެެޖަރެއް ކަމެއް މިނިސްޓަރު ވެސް އަދި މެންބަރު އިކްރާމް ވެސް މަޖިލީހުގައި ވިދާޅެއެއް ނުވެއެވެ. 

އެމްޓީސީސީގައި ކިތައް ޑްރެޖަރު؟

އެމްޓީސީސީއަށް ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި "މަހާޖައްރާފު" ގެ ނަމުގައި ޑްރެޖަރެއް ގެނަ އެވެ. ނަމަވެސް މި ސަރުކާރު އައިސް ސަރުކާރުގެ ބައެއް ވެރިން ވަނީ މި ޑްރެޖަރަކީ ބޭނުން ކުރަން ދަތި އެއްޗެއްގެ ގޮތުގައި ސިފަ ކޮށްފައި ވެއެވެ. މަހާޖައްރާފަކީ 36 މިލިއަން ރުފިޔާ ހަރަދުކޮގެން ބޭރުގައި ބަނދެގެން ގެނައި އުޅަނދެކެވެ. އެ ކޮންނަ ބޯޓަށް 3،700 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިގެންވެ އެވެ. މިއީ 50 މީޓަރު އަޑިން ވެލިގެނޭ އުޅަނދެކެވެ. 

އެ އުޅަނދު ބޭނުންކޮގެން އެމްޓީސީސީއިން ގިނަ މަޝްރޫއުތަކެއް ހިންގި އެވެ. އޭގެ ފަހުން އެ ކުންފުނިން މިދިޔަ އަހަރު "ބޮޑު ޖައްރާފާ" ގެ ނަމުގައި އެމްޓީސީސީ އިން އިތުރު ކޮންނަ ބޯޓެއް ގެނަ އެވެ. މި އުޅަނދަކީ 18 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މިއީ ފަޅުތެރޭން ވެލި ނަގައިގެން ހިއްކޭޒާތުގެ ކަޓާ ޑްރެޖަރެކެވެ. ނަމަވެސް މި އުޅަނދާބެހޭ މާގިނަ މައުލޫމާތެއް އެ ކުންފުނިން އާއްމުންނަކަށް ނާނގަ އެވެ. އަދި އެ ކުންފުނީގެ ކޯޕަރޭޓް ވެބްސައިޓުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ ބައިގައި އެ ޑްރެޖަރުގެ ވާހަކައެއް ނެތެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.