ކޯޓަށް ހާޒިރު ނުކުރެވިގެން އައްބާސްގެ އަޑުއެހުން އަނެއްކާ ކެންސަލް

މި މައްސަލަ ނުފެށި ލަސްވެފައި ވަނީ އައްބާސް ކޯޓަށް ހާޒިރުނުވެގެންނެވެ. އެ މައްސަލަ އެތައް ދުވަހަލު ތާވަލުކުރުމުން ވެސް އައްބާސް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. މިއަދަށް ވެސް އެ މައްސަލަ ފަށަން އަޑުއެހުމެއް ތާވަލުކޮށްފައިވެ އެވެ.

އައްބާސް އާދިލް ރިޒާ: އޭނާ ހޯދަން ފުލުހުން ވަނީ އިއުލާނުކޮށްފައި --

އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލި މައްސަލައިގައި ދައުވާ ކޮށްފައިވާ އައްބާސް އާދިލް ރިޒާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އިއުލާނުކޮށް، މިއަދު ފުލުހުންނަށް ހާޒިރުނުކުރެވުމުން އަނެއްކާވެސް އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް އުފުލީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަ ނުފެށި ލަސްވެފައި ވަނީ އައްބާސް ކޯޓަށް ހާޒިރުނުވެގެންނެވެ. އެ މައްސަލަ އެތައް ދުވަހަލު ތާވަލުކުރުމުން ވެސް އައްބާސް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. މިއަދަށް ވެސް އެ މައްސަލަ ފަށަން އަޑުއެހުމެއް ތާވަލުކޮށްފައިވެ އެވެ.

މިއަދުގެ އަޑުއެހުމަށް އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރާން ކޯޓުން ވަނީ ފުލުހުންނަށް އަމުރެއް ކޮށްފަ އެވެ. ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އޭނާ މިއަދު މެންދުރު 2:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.

އެކަމަކު އަދި ފުލުހުންނަށް އޭނާ ފެނިފައި ނުވާތީ ކްރިމިނަލް ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފަ އެވެ.

"އަޑުއެހުން ކެންސަލް ކުރީ ފުލުހުން ހޯދަން އިއުލާނުކޮށްގެން ހާޒިރު ނުކުރެވޭތީ،" ކްރިމިނަލް ކޯޓުން ބުންޏެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ އައްބާސްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށެވެ،

މައްސަލައިގެ ހުލާސާ - ޑިސެމްބަރު 22، 2022 ވަނަ ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި އައްބާސް އާދިލް ރިޒާ ވާހަކަ ދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް އައްބާސް ހިތްވަރު ދީފައިވެ އެވެ. މީގެ އިތުރުން އޭނާ ބޭނުންކުރާ ޓްވިޓާ އެކައުންޓުން ރާއްޖާގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ އޭނާ ޓްވީޓް ކޮށްފައިވެ އެވެ. މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެ ޓްވީޓްގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.