މެއި 30 އިން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ކޮންމެ ރެއަކު ދަތުރެއް

މޯލްޑިވިއަން އިން ބުނި ގޮތުގައި މެއި 30 ގައި ކުޅުދުއްފުށި ސިޓީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށާނެ އެވެ. އަދި އެ ރެއިން ފެށިގެން ކޮންމެ ރެއަކު އެ ސިޓީއަށް ދަތުރު ކުރާނެ އެވެ.

ކުޅުދުއްފުށި އެއާޕޯޓް: ރޭގަނޑު ދަތުރުތަކަށް ވަނީ ތައްޔާރުވެފައި -- ފޮޓޯ: އިރުޝާދު

ހދ. ކުޅުދުއްފުށި ސިޓީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށާނެ ތާރީހު ގައުމީ އެެއާލައިން -- މޯލްޑިވިއަން އިން އިއުލާނު ކޮށްފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ގޮތުން ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މެއި 12 ވަނަ ދުވަހުގެ ރެ އެވެ. 

މޯލްޑިވިއަން އިން ބުނި ގޮތުގައި މެއި 30 ގައި ކުޅުދުއްފުށި ސިޓީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށާނެ އެވެ. އަދި އެ ރެއިން ފެށިގެން ކޮންމެ ރެއަކު އެ ސިޓީއަށް ދަތުރު ކުރާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީ ކޮށްފައިވާ ކުޅުދުއްފުށީ އެއާޕޯޓް އޭރުގެ ސަރުކާރުން ހުޅުވީ މަސައްކަތް މުޅީން ނުނިންމާ 2018 ގެ އިންތިހާބާ ދިމާކޮށެވެ. ނަމަވެސް ދައުރު ބަދަލުވުމާއެކު ދަތުރުތައް ހުއްޓުނެވެ. ޝެޑިއުލް ދަތުރުތައް ފެށީ އޯގަސްޓް 9، 2019 ގައެވެ.

ކުޅުދުއްފުށީގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮތީ އެއާޕޯޓްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ވުމެވެ. އެއީ ލައިޓް ހަރުކުރެވި ރޭގަނޑުގެ ދަތުރުތައް ފެށުމެވެ. ނަމަވެސް ސަރުކާރުގެ ހަތަރު އަހަރު ނިމިގެންދިޔައިރު އެކަން ކުރެވިފައި ނުވާތީ ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވި އެވެ. އެކަމާއި ގުޅިގެން އެ ސިޓީގެ މަޖިލީސް މެންބަރުންނާއި މޭޔަރުވެސް ސަރުކާރާ ފެއަށް ޖެހިވަޑައިގެންފައިވެއެވެ.

ރޭގަނޑު ދަތުރުތައް ނުކުރެވޭތީ ރޭގަނޑު ބަލި މީހަކު މާލެ ގެންނަން ޖެހިއްޖެނަަމަ އަދިވެސް ޖެހެނީ ހަނިމާދޫއަށް ދާށެވެ. ކައިރިން ށ. އަތޮޅު ފުނަދޫގައި އޮތް އެއާޕޯޓްގައި ވެސް ލައިޓް ޖަހާފައި ނެތުމުން ރޭގަނޑު ދަތުރުތައް ނުކުރެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.