ކޮވިޑްގައި އިތުުރު މީހަަކު މަރުވެއްޖެ، މަރުގެ ނަންބަރު 315 އަށް

ކޮވިޑްގެ ހާލަތު މިދޭތެރެއިންވެސް ވަރަށް މަތިވި އެވެ. ނަމަވެސް މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ.

ކޮވިޑްގައި މަރުވި މީހަކު ވަޅުލަން ގެންދަނީ: މިހާތަނަށް 315 މީހަކު ވަނީ މަރުވެފައި

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު ވަނީ މިދިޔަ ހަފްތާގައި ކޮވިޑް ޖެހުނު މީހުންގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ކޮވިޑްގައި އިތުރު މީހަކު މަރުވެފައެވެ.

ނަމަވެސް އެ މީހާ މަރުވީ ކޮން ދުވަހަކު ކަމެއް ނުބުނެ އެވެ. އަދި އެމީހާގެ އުމުރެެއް / ވަނަވަރެއްވެސް ހާމައެއް ނުކުރެއެވެ.

  •  ކޮވިޑް މަރުގެ ނަންބަރު - 315
  •  މި ހަފްތާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު - 36
  •  މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު - 186،625
  •  ހޮސްޕިޓަލްގައި ފަރުވާ ދޭ މީހުންގެ އަދަދު - 9

ކޮވިޑްގެ ހާލަތު މިދޭތެރެއިންވެސް ވަރަށް މަތިވި އެވެ. ނަމަވެސް މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ.

ކޮވިޑްގައި ރާއްޖެ ވަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެއް ހޭދަކޮށްފައެވެ. އެއް ދުވަހާއި 13 މީހަކު މަރުވި އެވެ. ބައެއް ދުވަސް ދުވަހު އެތައް ހާސް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.