އީޕީއޭގެ "ތިމާވެށި" ޖަރީކޮށްގެން އިންޑިއާގައި އިފްތިތާހުކޮށްފި

އީޕީއޭއަށް މޮނިޓަރިން ރިސާޗު ވެހިކަލެއް ހޯދަނީ އެ އޮތޯރިޓީގެ މަސައްކަތްތައް ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާ ކުރަން ޖެހޭތީ އެވެ.

އީޕީއޭއަށް އިންޑިއާގައި ބަން "ތިމާވެށި" އުޅަނދު: ޖަރީކޮށްގެން ވަނީ ފެނުގައި ޖައްސާފައި

ރާއްޖޭގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަށް ބަންނަ، މޮނިޓަރިން އެންޑް ރީިސާޗް އުޅަނދު "ތިމާވެށި" މޫދަށް ބާލައި އިންޑިއާގައި އިފްތިތާހުކޮށް ދުއްވަން ފަށައިފި އެވެ. މި އުޅަނދު ރާއްޖެ ބަނދަރު ޖަހާނެ ދުވަހެއް އަދި ނޭނގެ އެވެ.

ދިވެހި ދިދައާ ނުލައި އިންޑިއާ ދިދައިގެ ކުލަތައް ހިމެނޭ ގޮތަށް ޖަރީ ދިދަތަކާއި މާފައްޗާއި ފުއްޕާހަން އެލުވައިގެން "ތިމާވެށި" އިފްތިތާހު ކޮށް ދެއްވީ ގޯއާގެ ޗީފްމިނިސްޓަރު ޑރ ޕްރޮމޯދު ސާވަންތެވެ. އިފްތިތާހުކޮށް ދެއްވީ އިންޑިއާގެ ދީނީ އަޅުކަމެއްގެ ގޮތުގައި އޮންނަ ގޮތަކަށް ކާށި ޖެހުމަށްފަހު އެވެ. 

މޮނިޓަރިން ރިސާޗް އުޅަނދު ބަނުމުގެ ޕްރޮޖެކްޓް ބިޑް ކާމިޔާބުކޮށް އުޅަނދު ބަނދެފައި ވަނީ އިންޑިއާގެ ގޯއާގެ ވިޖޭ މެރައިން ޝިޕްޔާޑް އެވެ. 

އެ ކުންފުންޏަކީ މީގެ ކުރީން ވެސް 2016 އާއި 2017 ވަނަ އަހަރު ލޭންޑިން ކްރާފުޓްތައް ދިވެހި ސަރުކާރަށް އަދި އެސްޓީއޯގެ އެފްއެސްއެމަށް 2016 ވަނަ އަހަރު ބަނދެ ދީފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ. ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަަކަށްވެސް ވިޖޭ މެރައިން އިން ލޭންޑިން ކްރާފްޓް ބަނދެދީފައި ވެއެވެ.

މި މޮނިޓަރިން ރިސާޗް އުޅަނދު ބަނދުފައި ވަނީ ވޯލްޑް ބޭންކުގެ އެހީގައި 15 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. މި މަސައްކަތާ ވިޖޭ މެރައިން ހަވާލުވީ 2020 ގައެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ އިންޑިއާގެ ގޯއާގައި "ތިމާވެށި" ބަނދެ، ދިދަ އެލުވައިގެން މޫދަށް ބާލައިގެން އުޅޭ ކަމަށާއި "ރާއްޖެއަށް ގެންނަވަރަށް އެ އުޅަނދު ނުނިމޭތީ" އީޕީއެއަށް ލިބޭނެ ދުވަހެއް ދަންނަވާން ނޭނގޭ ކަމަށެވެ. 

"އަޅުގަނޑުމެނާ ހަވާލު ވާނީ ރާއްޖެ ގެނައުމުން، އެކަމަކު އެ އުޅަނދު ބާލައި ދިދަ އެލުވައިގެން އިންޑިއާ ގޯއާގެ ނޫސްތަކުގައި ޖަހައިގެން އެބަ އުޅޭ،" ނައީމް ވިދާޅުވި އެވެ.

މީގެ ކުރީން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެފައިވާ ގޮތުގައި އެ އުޅަނދު މި އަހަރު އީޕީއޭއަށް ލިބޭނެ ކަމަށެވެ. އީޕީއޭއަށް މޮނިޓަރިން ރިސާޗު ވެހިކަލެއް ހޯދަނީ އެ އޮތޯރިޓީގެ މަސައްކަތްތައް ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާ ކުރަން ޖެހޭތީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.