އިހަވަންދޫ ދޯންޏަކުން މަލިކު ފަޅުވެރިން ހޯދަނީ

މަލިކު ރައްޔިތުންނަކީ ދިވެހިން ވާހަކަ ދައްކާ ދިވެހިންނާ ގުޅިފައިވާ ބައެކެވެ. މަލިކާ އިހަވަންދޫއާ ދެމެދު ހުންނަނީ 90 މޭލުގެ ދުރުމިނެވެ.

ރާއްޖޭގެ މަސް ދޯންނެއް: ރާއްޖޭގައި މިހާރު އޮތް ޒަމާނީ މަސްވެރިކަމަށް ދާނެ މަސްވެރިން ނުލިބޭ

މަހަށް ދާނެ ދިވެހިން ނުލިބޭތީ އިންޑިއާގައި ދިވެހިން ވާހަކަ ދައްކާ މަލިކުން ފަޅުވެރިން ހޯދާން އުތުރުގެ ހއ. އިހަވަންދޫ "ނޯއާ" ދޯނިން އިއުލާނެއް ކޮށްފި އެވެ.

އިހަވަންދޫގެ "އިހަވަންދޫ.ކޮމް" އަށް އިން ދިން އިންޓަވިއުއެއްގައި "ނޯއާ" ދޯނީގެ ވެރިޔާ އަބްދުލްހަލީމް އަބްދުލް ހަލީމް އަބްދުއް ނަސިރު ބުނީ މަލިކުން ފަޅުވެރިން ހޯދަން އިއުލާނު ކުރުމާއެކު މަލިކު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބެމުން އަންނަ ކަމަށެވެ. -- މަލިކާ އިހަވަންދޫއާ ދެމެދު ހުންނަނީ 90 މޭލުގެ ދުރުމިނެވެ.

"މަލިކުން ވަރަށް މީހުން ގުޅާ، [އަޅުގަނޑު] މަލިކަށް ދާން މިއުޅެނީ، ގޮސް އިންޓަވިއު ކޮށްފައި ފަޅުވެރިން ނަގަން، މިހާރު ހުންނާނެ އެޖެންޓަކު މަލިކުގައި ބަހައްޓާފައި" އޭނާ ބުންޏެވެ.

މަހަށް ދާނެ ފަޅުވެރިން މަލިކުން ގެންނަނީ މަލިކު މީހުން އަގުހެޔޮވުމާއި ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކަށް ވުމާއި އިތުރުން ދިވެހިން ކުރާ މަސްވެރިކަމާ އެންމެ ގުޅޭ މަސްވެރިކަމެއްކުރަނީ މަލިކުމީހުންނަށްވާތީ ކަމަށް ވެސް ހަލީމް ބުންޏެވެ.

އިހަވަންދޫ ނޫސް ބުނާ ގޮތުން ހަލީމަކީ މަސްވެރިކަމަށް އާކަންކަން ތައާރަފު ކުރާ އޮޑިވެރިއެކެވެ. އޭނާގެ ނޯއާ ދޯނީގައި، އިންފޯމޭޝަން ޓެކްނޮލޮޖީ އެހީގައި މަސްވެރިންނަށް ފަސޭހަކޮށްދޭ ގިނަ ވަސީލަތްތައް މިހާރު ވެސް ގާއިމުކޮށްފައި ހުރެ އެވެ.

އިހަވަންދޫގައި މަހަށް ފުރާ 14 ދޯންޏަށް ފަޅުވެރިން ނުލިބުމުގެ މައްސަލަ ބޮޑެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.