މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް: ޕްލެޓިނިއަމް ސްޕޮންސަރަކަށް އެސްޓީއޯ

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް އޮންނާނީ މިމަހުގެ 27 ގައި ހޮޓެލް ޖެންގަ އެވެ. މިއީ މި ސިނާއަތުގެ ހުރިހާ މޫނުތަކެއް ފެނިގެންދާނެ ބޮޑު އިވެންޓަކަށްވާނެ އެވެ.

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ ޕްލެޓިނިއަމް ސްޕޮންސަރު އެސްޓީއޯއާއެކު ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން -- މީޑިއަމް

ރާއްޖޭގެ މެރިން އިންޑަސްޓްރީ އެއް ތަނަކަށް ގޮސް ހޮނިހިރު ދުވަހު ހޮޓެލް ޖެންގައި ބާއްވާ މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް (އެމްއެމްއައިއެފް) ގެ ޕްލެޓިނިއަމް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ގައުމީ ބޯޓިން އެސޯސިއޭޝަން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭއެމް) އާއި ބޯޓިން އެމްވީ އިން އެންޑޯޒް ކޮށްފައިވާ މި އިވެންޓް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު ހޮޓެލް ޖެންގަ އެވެ. މި އިވެންޓުގެ އޮންލައިން އެއް މީޑިއާ ޕާޓްނަރީ "މި" ނޫހެވެ. 

މެރިން އިންޑަސްޓްރީ ފޯރަމް އިންތިޒާމު ކުރާ މީޑިއަމް ކުންފުނިން ދަނީ ރާއްޖޭގައި މިގޮތަށް އެންމެ ފުޅާކޮށް ބާއްވާ މި ފޯރަމްގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއި ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ސްޕޮންސަރެއްގެ ގޮތުގައި ހަމަ ޖައްސަފައި މިވަނީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އެވެ. 

އެމްއެމްއައިއެފްއަކީ މެރިން އިންޑަސްޓްރީގެ މަތީ ފެންވަރުގެ ނިންމުންތައް ނިންމާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާއި ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުވާނެ ބޮޑު އިވެންޓެކެވެ.

މި އިވެންޓުގެ ބައެއް ސްޕޮންސަރުން

  •  ގޯލްޑް ސްޕޮންސަރު: އެމްޕީއެލް
  •  ޕްލެޓިނަމް ސްޕޮންސަރު: އެސްޓީއޯ
  •   ސިލްވަ ސްޕޮންސަރު: ހަސަން މެރިން އިންޖިނިއަރިން
  •  އޮންލައިން ނޫސް: މި ނޫސް / ދަ އައިލެންޑްޗީފް / ފްލޯޓިންއޭޝިއާ
  •  ޕްރިންޓިން ޕާޓްނަރު: އެމް 7

މި އިވެންޓުގައި ކަނޑުގެ ސިނާއަތުގެ މައްސަލަތަކާ ގުޅޭ ތަފާތު މައުލޫތަކަށް ހިމެނޭ ފަސް ޕެނަލްއެއް ކުރިއަށް ގެން ދާނެ އެވެ. މި ޕެނަލްތަކުގައި ބައިވެރިވެޑައިގަންނަވާނީ މި ސިނާއަތުގެ އެންމެ ފުންނާބު އުސް ފަރާތްތަކެވެ. 

ރާއްޖޭގެ މެރިން އިންޑަސްޓްރީ އެއްތަނަށް އެއްވާއިރު މި އަހަރު މީޑިއަމް ކުންފުނިން ކާމިޔާބުކަމާއެކު މެރިން އެކްސްޕޯ ވެސް ވަނީ ބާއްވާފަ އެވެ. މި އިވެންޓުގައި ދުނިޔެއާއި ރާއްޖޭގެ މި ސިނާއަތުގެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.