"ދެވަނަ ބުރެއްގައިވެސް ރައީސް ސޯލިހަށް ތާއީދު ކުރުމެއް ނެތް"

"އަޅުގަނޑަކަށް ނުފެނޭ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދާ ދިނުމަށް މަސައްކަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް،"

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން / ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހުނު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް އެ މަނިކުފާނަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން / ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ކީއްވެގެން؟ - ޓީވީ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން ރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފެއަށް ޖެހުނީ ވައްކަމާއި ކޮރަޕްޝަނަށް އެމަނިކުފާނު ދީއްލަވައިލެއްވުމުން ކަމަށެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވީ ޕާޓީގެ އަސާސްތައް ނަގަހައްޓާ ދެމެހެއްޓުމަށް އަދި އެމްޑީޕީ އިސްވެ ހިންގާ ސަރުކާރުގައި ހުރި ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށް އެތައް މަސައްކަތެއް ކުރުމަށް ފަހު ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ - އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެކަމަށް ކުރެވުނު މަސައްކަތް ވަރަށް ގާތުން ފެނިވަޑައިގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވައްކަމާއި ކޮރަޕްޝަނަށް ދީލާލާފައި އޮތް ސަރުކާރެއް ދިފާއު ކުރަން ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށާއި ރައީސް ސޯލިހާއެކު މަސައްކަތް ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ހިންގައްޖެ ނަމަ ރައީސް ސޯލިހަށް ތާއީދުކުރާނެ ހާލަތެއް އަތުވެދާނެތޯ ސުވާލެއް އަމާޒު ކުރުމުން ހަސަން ވިދާޅުވީ ޔަގީނުންވެސް އޭނާގެ ތާއީދު ދެން ރައީސް ސޯލިހަށް އޮންނާނެ ގޮތް އެއީ ނެތް ގޮތެއް ކަމަށެވެ. އަދި އޭނާއާ އެކުގައި ދެން ތިއްބެވި މަޖިލީހުގެ 12 މެންބަރުންގެ ވިސްނުމުގައި ވެސް އެފަދަ ކަމެއް ނެތް ކަމަށެ. އެ ނިންމުމަކީ މުޅި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް... ނެތް،"

އަޅުގަނޑަކަށް ނުފެނޭ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް... ނެތް،

ހަސަން ލަތީފު | ދަ ޑިމޮކްރޭޓްސްގެ މެންބަރު

ހަސަން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފައްދަނީ ކޮންމެހެން ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ނޫން ކަމަށެވެ. ނަމަވެސް
ނިޒާމެއް ކަނޑައެޅުމަށް ވާހަކަ ދެއްކުމާއި ގޮތް ނިންމަން ފުރުސަތު ދިނުމަކީ ދިވެހި ރައްޔިތުންނަށް އޮތް ހައްގެއް ކަމަށް ވިދާޅުވި އެވެ. "ދަ ޑިމޮކްރެޓްސް" އިން އެކަމަށް ވަކާލާތު ކުރާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފައްދަން ހުށައެޅުއްވީ މުއްސިސަކަށް ހަސަންގެ ނަން ޖަހައިގެނެވެ. 

ކޮމެންޓް

1
450
އައިމިނަ
11 months ago

ދެވަނަ ބުރަކަށް ރައީސް ސޯލިހު ދާނެކަމާއި އޭރުގައި މިމީހުން ތިބޭނީ ފެއިލްވެފައި ކަމާއި މިމީހުން ބައިވެރި ކުރާނެ ބަޔަކު ހޯދަން ޖެހޭނެކަން އެބައިނގެއެވެ. ހިޔަޅަށް ވީހެން ރައީސް ސޯލިހު މިމީހުން ބައިވެރި ނުކުރާނެކަން އެނގޭތީ ދެން ތިޔަހެން ކިޔާށެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.