ހުތުރު ތުހުމަތުތަކާއެކު އަދާލަތުވެރީންނާއި އެކްޓިވިސްޓުން ނަޝީދުގެ ޕާޓީއާ ދިމާކޮށްލައިފި

ދީނީ އިލްމުވެރީން އިސްނަގައިގެން އުފެއްދި ނަމަވެސް މިހާރު އެ ޕާޓީގެ ހުރިހާ އުސޫލެއްހެން ބަދަލުވެފައި އޮތް އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ޑރ. މުހައްމަދު އިޔާޒް އާއި އަލީ ޒައިދު ވަނީ ނަޝީދު އިސްވެ އުފައްދަވަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅޭގޮތުން ހުތުރު ތުހުމަތުތަކެއް ކުރައްވާފައެވެ.

ޑރ. މުހައްމަދު އިޔާޒް އަދި އަލީ ޒައިދު: ހަމައެއް ލަމައެއް ނެތި ޓްވިޓާގައި ވާހަކަ ދައްކަވާ ދެ ބޭފުޅުން

އެމެރިކާގެ "ދަ ޑިމޮކްރެޓްސް" އާ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ސިޔާސަތުތައް އެއްގޮތް ވާނެ ކަމަށް ތުހުމަތު ކޮށް އަދާލަތު ޕާޓީގެ ބައެއް އިލްމުވެރީންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ނިކުމެ އެ ޕާޓީއާ ދެކޮޅަށް ވާހަކަ ދައްކަން ފަށައިފި އެވެ.

ދީނީ އިލްމުވެރީން އިސްނަގައިގެން އުފެއްދި ނަމަވެސް މިހާރު އެ ޕާޓީގެ ހުރިހާ އުސޫލެއްހެން ބަދަލުވެފައި އޮތް އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ޑރ. މުހައްމަދު އިޔާޒް އާއި އަލީ ޒައިދު ވަނީ ނަޝީދު އިސްވެ އުފައްދަވަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅޭގޮތުން ހުތުރު ތުހުމަތުތަކެއް ކުރައްވާފައެވެ.

އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާގެ "ދަ ޑިމޮކްރެޓްސް" އިން އެންމެ މަތީ ދަރަޖާގައި ވަކާލާތު ކުރަނީ އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލަކަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އެޑްމިނިސްޓްރޭޝަންއަކީ މިފަދަ ނަޖިސް އެންމެހާ ކަންކަމަށް ހިތްވަރު ދޭ ވިޔާ ނުދާ އުސޫލުތަކެއްގެ ވެރި ބައެއް ކަމަށް ވިދާޅުވެފައެވެ.

ޒައިދު މިފަދަ ޓްވީޓެއް ކުރެއްވީ ނަޝީދުގެ "ދަ ޑިމޮކްރެޓްސް" އުފައްދަން މިއަދު ހުށައަޅާފައި ވަނިކޮށެވެ. ޒައިދުގެ އެ ޓްވީޓް ރި-ޓްވީޓްކޮށް ޑރ. މުހައްމަދު އިޔާޒް ވަނީ ރާއްޖޭގައި އިސްލާމްދީނާއި ހިލާދު ފިކުރެއް އަދި ޝަގާފަތެއް ދިރުވަން ފުރުސަތު ނުދޭ ކަމަށް ވިދާޅުވެފައެވެ.

އެ ދެ ބޭފުޅުން އެފަދަ ޓްވީޓްތަކެއް ކުރެއްވުމުގެ މަގުސަދަކީ ނަޝީދު އުފައްދަވާ "ދަ ޑިމޮކްރެޓްސް" އާ ދިމާކޮށްލެއްވުމެވެ. މި ދެ ބޭފުޅުންނަކީ އަބަދުވެސް ރައީސް ނަޝީދަށް އެކި ތުހުމަތުތައް ކުރައްވާ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ / ޓްވީޓް ކުރައްވާ ދެ ބޭފުޅުންނެވެ.

އެ ޓްވީޓްތަކަށް ރައްދު ދިން މީހުން ވަނީ އެފަދަ ހުތުރު ތުހުމަތެއް "ދަ ޑިމޮކްރެޓްސް" އަށް ކުރަނީ ކޮން އަސާސެއް އޮވެގެންތޯ ސުވާލުކޮށްފައެވެ. އަދި އެ ދެ ބޭފުޅުންގެ ބަސްމަގާއި އަމަލުތައް މިހާރު ހުރީ އިލްމުވެރީންގެ ދަރަޖާގައިތޯވެސް އެތައް ބަޔަކު ސުވާލު ކޮށްފައިވެއެވެ. އަދި ދެ ގައުމެއްގައި އެއް ނަމެއް ކިޔާ ޕާޓީތަކެއް އުފައްދަނީ އެއް ކަމަކަށް ވަކާލާތު ކުރަންތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

"މިވަރު ވީމަ މިއީ އިލްމުވެރީންނޭ ބުނަން ލަދު ގަނޭ،" މީހަކު ލިޔެފައިވެއެވެ.

މީގެ އިތުރުން އަދާލަތުގެ އެކްޓިވިސްޓް މުހައްމަދު ޝިފާންވެސް ވަނީ އެމްޑީޕީން ނިކުމެ ނަޝީދުގެ އަރިސް ބޭފުޅުން ޕާޓީއެއް ހައްދަވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އަދާލަތުގެ ރައީސް އިމްރާނާއި އަދާލަތު ދިފާއު ކުރާ މަދު އެކްޓިވިސްޓުންގެ ތެރޭގައި އެންމެ އިސް އެކަކީ ޝިފާން އެވެ.

ދީނީ އިލްމުވެރީންގެ ވަރަށް ބޮޑު ބައިވެރިވުމަކާއެކު އުފައްދާފައިވާ އަދާލަތު ޕާޓީން ވަނީ އެ ޕާޓީން ކުރީން ދިފާއުކޮށް ދަމަހައްޓަމުން އައި ހުރިހާ އުސޫލުތަކަކާއި ސިޔާސަތެއްހެން ދޫކޮށްލާފައެވެ. އެހެން ކަމުން އެ ޕާޓީގައި ތިއްބެވި ވަރަށް ގިނަ އިލްމުވެރީން ވަނީ ޕާޓީ ދޫކޮށްލާފައެވެ. މިވަގުތު ޕާޓީގައި ތިއްބެވީ މަދު އަދަދެއްގެ އިލްމުވެރީންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.