ނަޝީދާއި ޖޭޕީއަށް ވާނެ ގޮތް ސާފެއް ނުވި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން ވަކިން މަސައްކަތް ކުރައްވަން ފެއްޓުމާއެކު، ޖުމްހޫރީ ޕާޓީއާއެކު ވަނީ ރިޔާސީ އިންތިހާބާ ބެހޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ޕާޓީ އުފައްދަން ހުށަހެޅުއްވި ހަސަން ލަތީފު (ކ) އަދި ތަރުޖަމާނު އަފްޝަން ލަތީފައި އިލްޔާސް ލަބީބު -- އިސްމާއިލް އަނަސް | މި ނޫސް

އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަން އެ ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް ހެދުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އިރު، އެމްޑީޕީގެ ރައީސް ކަމުގައި އަދިވެސް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާ ގުޅިވަޑައިގަންނަވާނެ އިރަކާއި، އެ ފެކްޝަނުން މީގެ ކުރިން އެކީގައި މަސައްކަތްކުރި ޖުމްހޫރީ ޕާޓީގެ ކޯލިޝަނަށް ވާނެ ގޮތެއް ސާފެއް ނުވިއެވެ.

އިލެކްޝަނަށް ފޯމު ހުށަހެޅުމަށް ފަހު، މިއަދު އާ ޕާޓީ ހެދުމަށް ހުށަހެޅުއްވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، އެ ހަރަކާތުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި އެ ކަންކަމާ ގުޅޭ އެއްވެސް ސުވާލަކަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރިން ކުރެއްވި ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދުގެ ލަފަޔާ ނުލައި ޕާޓީ ހަދަން ހުށަ ނާޅުއްވާނެ ކަމަށެވެ. އަދި، ރައީސް ނަޝީދު ގުޅިވަޑައިގަންނަވާނެ ދުވަހަކާއި، ގޮތެއް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެނެއް މި ސިޔާސީ ޕާޓީއެއް ވެސް ނު އުފައްދާނެ ރައީސް ނަޝީދުގެ ފެނިވަޑައިގަތުމާ، އެނގިވަޑައިގަތުމުގެ ބޭރުންނެއް" އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާއެކު އަންނަ އިންތިހާބަށް ނުކުތުމާ ބެހޭ ގޮތުން، ސްޕޯކްސްޕާސަން އަފްޝަން ވިދާޅުވީ ކޯލިޝަން ހެދުމާ ބެހޭ ގޮތުން ހުރިހާ ޕާޓީއަކާ ވެސް މަޝްވަރާ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކު ނުކުންނަވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން ވަކިން މަސައްކަތް ކުރައްވަން ފެއްޓުމާއެކު، ޖުމްހޫރީ ޕާޓީއާއެކު ވަނީ ރިޔާސީ އިންތިހާބާ ބެހޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި، އެ ޕާޓީން އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު، އެ ފެކްޝަނުން ވެސް ޖޭޕީގެ ފަހަތަށް އަރާނެ ކަމަށް ބެލެވުނެވެ. ނަމަވެސް، ފަހުން އެ ގުޅުމުގެ ވާހަކަތައް ވަނީ ފަނޑުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.