އެޑްވަޓޯރިއަލް

ރެޑްވޭވުގައި މުޅި ކޮރެއާގެ އެންމެ މަގުބޫލު ނޫޑުލްސް

މި ނޫޑުލްސްގެ ތަފާތު ރަހަތަކެއް ރެޑްވޭވުން ލިބެ އެވެ. މިއީ ކޮރެއަން ނަމްބަރު ވަންގެ ގޮތުގައި އެ ގައުމުގައި މަގުބޫލު ނޫޑުލްސް އެވެ.

ރެޑްވޭވުގެ ބޭރުގައި ކޮރެއަން ނަމްބަރު ވަން ނޫޑުލްސްގެ އިސްތިހާރު ޖަހާފައި

ރާއްޖޭގެ ނޫޑްލްސް ޓްރެންޑަށް މިހާރު ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މި ބަދަލާއެކު ކުރިން އެއް ރަހައެއްގައި ހުރި ނުވަތަ ރަހައެއް ނެތި ފުށް ކޮޅެއް ގަތާލައިގެން ހަދާފައި ހުރި ނޫޑުލްސްގެ ޝައުގުވެރިކަން ވަނީ ގެއްލެން ފަށާފަ އެވެ. އާ ޖީލު ބޭނުންވަނީ ތަފާތު ރަހަތައް ހިމެނޭ ކުޅި ނޫޑުލްސް އެވެ. މިހާރުގެ ޓްރެންޑަކީ "ސްޕައިސީ" ނޫޑުލޫހެވެ. ނުވަތަ ކޮންމެ ވެސް ތަފާތު އެހެން ރަހައެއް ލައްވައިގެން ހަދާފައި ހުންނަ ނޫޑުލްސްގެ ޓޭސްޓެކެވެ. މިގޮތަށް ބަލާއިރު ދުނިޔޭގައި ވެސް އެންމެ މަގުބޫލު އެއް ނޫޑުލްސް ބްރޭންޑަކީ ކޮރެއާގެ ނޮންގް ޝިމް ސިން ނުވަތަ ޝިމް ރަމްޔުން ނޫޑުލްސް އެވެ. 

ކޮރެއާގެ 51 މިލިއަން މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ނޫޑުލްސްގެ މި ރަހަ ރާއްޖޭގައިވެސް މިހާރު ލިބެން އެބަހުއްޓެވެ. މި ނޫޑުލްސް ރާއްޖޭން ލިބޭނީ ރާއްޖޭގެ އެންމެ ބޮޑު ރީޓެއިލް ވިޔަފާރި ޗެއިން ރެޑްވޭވުންނެވެ. އެ ކުންފުނީގެ ފިހާރަތަކުގެ ޝެލްފްތަކުގައި މީގެ ގިނަ ރަހަ ތަކެއް ލިބެން އެބަހުއްޓެވެ.  

ރެޑްވޭވުގެ ޝެލްފްތަކުގައި ކޮރެއަން ނަމްބަރު ވަން ނޫޑުލްސް ބަހައްޓާފައި

ރެޑްވޭވުގެ ހުރިހާ ވިޔަފާރިތަކެއްގައި ލިބެންހުރި މި ނޫޑުލްސްގެ ރަހަތަކުގެ ތެރޭގައި ސީފުޑްގެ އިތުރުން އާއްމުކޮށް ކުޅިކޮށް ކާން ބޭނުންވާ މީހުންގެ ރަހަތައް ވެސް ހިމެނެ އެވެ. އެހެންވެ މިއީ ނޫޑުލްސްގެ ފޭނުންނަށް އުފާވެރި ހަބަރެއްގެ ގޮތުގައި ބެލިދާނެ އެވެ. މި ނޫޑުލްސް ރެޑްވޭވުގެ ފިހާރަ ތަކުން ވަރަށް ހެޔޮ އަގުގައި ވިއްކަ އެވެ.   

ރެޑްވޭވުގެ ޝެލްފްތަކުގައި ކޮރެއަން ނަމްބަރު ވަން ނޫޑުލްސް

ނޮންގް ޝިމް ސިން ނޫޑުލްސް

ނޮންގް ޝިމް ނޫޑުލްސް ނުވަތަ ޝިމް ރަމްރުން 1986 ވަނަ އަހަރު ވުޖޫދަށް އައި ނޫޑުލްސް އެވެ. މިއަދު ދެކުނު ކޮރެއާގެ އިތުރުން އާސިއާންގެ ގިނަ ގައުމުތަކުގައި ވެސް މި ރަހައަކީ ފަރިތަ އެއްޗެކެވެ. ހާއްސަކޮށް ނޫޑުލްސްގެ ރަހަތަކަށް ޝައުގުވެރިކަން ހުންނަ މީހުންގެ މެދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ނޫޑުލްސް ބްރޭންޑްއަކީމި އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.