ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން ހުއްދައަށް އެދެފި

އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ފެކްޝަން ރަސްމީ ވެގެން އައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމަށް މިއަދު އެ ޕާޓީގެ އޮފިޝަލުން ވަޑައިގެން އިލެކްޝަންސް ކޮމިޝަނުގައި -- މި

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށް ގެންދަން ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ދާދި ދެންމެއަކު "ފިކުރެއްގެ ދިރުން" ހަރަކާތުގެ ގިނަ އަދަދެއްގެ އިސް އޮފިޝަލުން ވަޑައިގެން ހުށަހަޅުއްވައިފި އެވެ. 

ޕާޓީއަށް ކޮން ނަމެއް؟ - ރައީސް ނަޝީދުގެ އާ ޕާޓީ އުފައްދަން ހުށަހަޅާފައި ވަނީ ކުރީން ހީކުރެވުނު ގޮތާ ހިލާފަށް "ދަ ޑިމޮކްރެޓްސް" ގެ ނަމުގަ އެވެ. އެ ހުއްދައަށް އެދުނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.
އިލެކްޝަނުން ބުނީ - ނަޝީދު ޕާޓީ "ދަ ޑިމިކްރެޓްސް" ހައްދަވަން ފޯމު ހުށަހެޅުމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެފައި ވަނީ ފޯމު އިވެލުއޭޓް ކުރުމަށްފަހު ގޮތެއް ނިންމަން މި ހަފްތާގެ ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހެޅޭނެ ކަމަށެވެ.

އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ފެކްޝަން ރަސްމީ ވެގެން އައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު އެވެ. 

އާ ޕާޓީ، "ދަ ޑިމިކްރެޓްސް" އުފެއްދުމުގެ ހުއްދައަށް މިއަދު ހުށަހެޅި އިރު އޭގެ ކުރީން ނިންމީ "ފިކުރެއްގެ ދިރުން" ހަރަކާތުން ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކެންޑިޑޭޓަކަށް ތާއީދު ކުރާށެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމާއެކު ކުރިޔަށް ދާން މަސައްކަތްތަކެއް ކުރުމަށް ފަހުން "ފިކުރެއްގެ ދިރުން" ހަރަކާތް ފަހުން ނިންމީ ސިޔާސީ ޕާޓީއެއް ހަދާށެވެ. 

ނަޝީދުގެ އެ ހަރަކާތަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިިސް 12 މެންބަރަކު ޕާޓީން ވަކިވި އިރު ގިނަ އަދަދެއްގެ މެންބަރުން ވެސް ގެންދަނީ އެމްޑީޕީން ވަކިވެ އާ ޕާޓ، "ދަ ޑިމޮކްރެޓްސް" އާ ގުޅެމުންނެވެ. އަދި އެމްޑީޕީން ވަނީ އެ ހަރަކާތަށް ނިސްބަތްވެ ވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު ޕާޓީން ކަނޑާވެސް ލާފަ އެވެ.

ފަސްފަހަތް - ރައީސް މުހައްމަދު ނަޝީދު މިއަދު އާ ޕާޓީއަށް ހައްދަވަން ހުއްދައަށް އެދި ވަޑައިގަންނަވާއިރު ދެ ވަނަ ޖުމްހޫރިއްޔާގައި ރާއްޖެއަށް ޕާޓީ ނިޒާމު ގެނައުމަށް ހުރަސްތަކުގެ ތެރެއިން ދިގު ކެމްޕޭނެއް ކުރައްވާ އެކަން ކާމިޔާބު ކުރެއްވުމުގެ އެންމެ ބޮޑު ކުރެޑިޓަކާއި ޝަރަފެއް އޮންނަނީ ރައީސް ނަޝީދަށެވެ. އެ މަނިކުފާނު ވަނީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއް ނުހައްދަވާނެ ކަމަށާއި އެ ނޫން ޕާޓީއެއްގައި ސިޔާސީ މަސައްކަތް ދުވަހަކު ވެސް ނުކުރައްވާނެ ކަމަށް މީގެ ކުރީން އެތައް ފަހަރަކު ވިދާޅުވެފަ އެވެ.

އެ މަނިކުފާނާއެކު އެމްޑީޕީ އުފެއްދީ ޖޫން 26، 2005 ގައެވެ. އޭގެ ކުރީން ރާއްޖޭގައި ސިޔާސީ ޕާޓީއެއް ހެދީ ފުރަތަމަ ޖުމްހޫރިއްޔާގައި ރައީސް މުހައްމަދު އަމީނެވެ މިހާރު ރާއްޖޭގައި އޮތީ ނުވަ ސިޔާސީ ޕާޓީ އެވެ. ނަޝީދުގެ ޕާޓީ އުފެއްދިއްޖެ ނަމަ 10 ޕާޓީއަށް ބަދަލުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.