އެޑްވަޓޯރިއަލް

މިއީ ހުޅަނގު މޫސުން - މުދަލުގެ ރައްކާތެރިކަމަށް ވިސްނަން ޖެހޭ

އެލައިޑް ކާގޯ އިންޝުއަރެންސުގައި ތިން ކެޓަގަރީއެއް ހިމެނެ އެވެ. މި އިންޝުއަރެންސުގައި އެއްގަމުން އުފުލާ މުދާވެސް އިންޝުއަ ކުރެވޭނެ އެވެ.

މުދަލާއެކު ފަރަށް އެރުމުގެ ހިތާމަވެރި ހާދިސާއެއް -- އެމްއެންޑީއެފް

މޫސުމާބެހޭ ގައުމީ އިދާރާއިން ހުޅަނގު މޫސުން ލައިގަނެއްޖެކަން އިއުލާނުކޮށްފައިވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ދަނީ ގޯސްވަމުންނެވެ. އެހެން ނަމަވެސް އަހަރެމެންގެ އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ދާންޖެހޭނެ ނޫންހެއްޔެވެ. ބޭރުން ރާއްޖެއަށް ކަނޑުމަގުން މުދާ އެތެރެކުރަމުން ދާއިރު، މާލެއިން ރަށްރަށަށް ވެސް މުދާ ދަނީ ހުއްޓުމެއްނެތި ސަޕްލައިކުރަމުންނެވެ.
ގަދަ ވަޔާއި ވާރޭގައި ވެސް ކާގޯ އުފުލުމާއި ސަޕްލައިކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު މިއީ ރިސްކު ބޮޑު މަސައްކަތެކެވެ. އުޅަނދު ކަނޑުވުން ނުވަތަ ރާޅު ޖަހާ އުޅަނދުގައި ހުރި މުދާ ހަލާކުވުން ނުވަތަ ކަނޑަށް ބައެއް މުދާ ގެއްލުން ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެފަދަ ހާލަތެއްގައި އެއީ މާލީ ބޮޑު ގެއްލުމެކެވެ. އުފުލަން ޖެހޭ ވަރަށް ބޮޑު ބުރައެކެވެ. ކާގޯ އިންޝުއަރަންސް ޕްލޭނެއްގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ. 

އެލައިޑް އިންޝުއަރަންސްގެ ކާގޯ އިންޝުއަރަންސަކީ މިގޮތުން އެންމެ ފައިދާ ބޮޑު އިންޝުއަރަންސް ޕޮލިސީ އެވެ. މި ޕޮލިސީގެ ދަށުން ތިން ގިންތި އަކަށް ކަވަރޭޖު ފޯރުކޮށްދެއެވެ. 

ފުރަތަމަ ގިންތި (އައިސީސީ އޭ)އަކީ ކޮމްޕްރެހެންސިވް ކަވަރޭޖެވެ. ނުވަތަ އެންމެ ރައްކާތެރިކަން ބޮޑު ކަވަރޭޖެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގެ އިތުރުން ކަނޑުފޭރޭ މީހުންގެ ނުރައްކާތަކާއި ވަގުތަށް ކާގޯ ޑެލިވަރީ ނުކުރެވިއްޖެނަމަ ލިބޭ ގެއްލުންތަކަށް ވެސް ކަވަރޭޖު ލިބޭނެއެވެ.

ދެވަނަ ގިންތި (އައިސީސީ ބީ)ގައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގެ އިތުރުން ބިންހެލުން، ހޮނުއެޅުން ފަދަ ގުދުރަތީ ހާދިސާތަކާއި ކާގޯގެ ގޮތުގައި އުފުލަމުން ދިޔަ އެއްޗެއް ކަނޑަށް ވެއްޓުމާއި އަދި އުޅަނދުގައި ކާގޯ ބަހައްޓާފައި ހުރި އިރު ރާޅު ޖަހާ މުދަލަށް ގެއްލުންވުމާއި އަދި މުދާ ލޯޑުކުރުމާއި އަންލޯޑުކުރުމުގެ ތެރޭގައި އެއްޗެއް ވެއްޓި ހަލާކުވުމުން ލިބޭ ގެއްލުންތަކަށް ކަވަރޭޖު ލިބޭނެއެވެ. 

ތިންވަނަ ގިންތި (އައިސީސީ ސީ) ގައި ރައްކާތެރިކަން ލިބެނީ ތާޑް ޕާޓީއެއްގެ ގޮތުގައި ތިމާގެ އުޅަނދާއި ކާގޯ އަށް ލިބިދާނެ ގެއްލުން ތަކަށެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން ނުވަތަ ގެއްޗެއް ގޮވުން، އުޅަނދު އަޑިއަށް ދިއުން ނުވަތަ ބަންޑުން ޖަހާލުން، އެހެން އުޅަނދެއްގައި ޖެހުން، ޑިސްޓްރެސްޑް ކާގޯ (އޯނަރު ހަވާލު ނުވާ/ނުކުރެވޭ ކާގޯ) ބަނދަރަށް ދޫކޮށްލުން އަދި ކާގޯ ކަނޑަށް ދޫކޮށްލަން ޖެހުން ފަދަ ހާލަތްތަކުގަ އެވެ. 

މި ޕޮލިސީގެ ތިން ގިންތީގައި ވެސް ކަނޑަށް ވެއްޓޭ މުދާ ސަލާމަތްކުރުމަށް އަރާ ސެލްވޭޖް ޗާޖުތަކަށް ކަވަރޭޖު ލިބޭނެއެވެ. އަދި އުޅަނދު ނުވަތަ ކާގޯގެ ސަލާމަތަށް ޓަކައި އަމިއްލަ އިސްނެގުމަށް ނަގާ ޑިޒިޝަނަކުން ލިބޭ ގެއްލުން (ޖެނެރަލް އެވަރޭޖް ސެކްރިފައިސް) ވެސް ތިން ގިންތިން ކަވަރުކޮށްދެއެވެ.

އެލައިޑް ކާގޯ އިންޝޫރެންސް ވަރަށް ފުޅާ

އެލައިޑްގެ ކާގޯ އިންޝުއަރަންސަކީ ހަމައެކަނި ކަނޑުމަގުން އުފުލާ ކާގޯއަށް އޮތް ރައްކާތެރިކަމެއް ނޫނެވެ. ވައިގެ މަގުންނާއި ރަށުތެރޭގައި އުފުލާ ކާގޯއަށް ވެސް ހަމަ މި ހާލަތްތަކަށް ރިއާޔަތްކޮށް ރައްކާތެރިކަން ލިބޭނެ އެވެ. މިއީ ހުޅަނގު މޫސުން ކަމުން މޫސުން ބަދަލުވަނީ ހީ ވެސް ނުކުރާ ގޮތްގޮތަށެވެ. އަވިގަދަ ހެނދުނެއް ފެނިފައި ވަރަށް ވިއްސާރަ މެންދުރަކާއި ރެޔެއް ވެސް އެއް ދުވަހުން ފެނިދާނެއެވެ. އެހެންކަމުން ރައްކާވެ، ފިޔަވަޅު އަޅައިގެން ހުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.