އެވޯޑް ހަފުލާއަކަށް ނަޝީދު އުތުރަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު އަދި އެމްޑީޕީން ވަކިވެ ވަޑައެއް ނުގަންނަވަ އެވެ. އަދި އެމްޑީޕީން ވެސް ރައީސް ނަޝީދު ޕާޓީން ވަކި ކުރުމުގެ މަސައްކަތެއް ކުރިޔަކަށް ނުގެންދެ އެވެ.

ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުތުރުގެ ހއ. ދިއްދޫއަށް މިއަދު ވަޑައިގަންނަވާނެ އެވެ. 

އެ މަނިކުފާނު ދިއްދޫއަށް ވަޑައިގަންނަވަނީ "ތިލަ އުތުރު އެވޯޑްސް" ހަފުލާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މިއަދު މެންދުރުގެ ގަޑިއެއްގައި އުތުރަށް ވަޑައިގަންނަވާއިރު އެމްޑީޕީގައި ދެ ފެކްޝަން އުފެދި އެ މަނިކުފާނު އުފަން ކުރުވި "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބާތްވާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާ އެ މަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ ގިނަ ބަޔަކު ވަނީ ޕާޓީން ވަކިވެފަ އެވެ. 

އަދި ރައީސް ނަޝީދު އަލަށް އުފައްދަން ނިންމަވާފައިވާ ޕާޓީ ރަޖިސްޓަރީ ކުރަން މިއަދު މެންދުރު އިލެކްޝަނަށް ހުށަހަޅާނެ އެވެ.

ރައީސް ނަޝީދު އަދި އެމްޑީޕީން ވަކިވެ ވަޑައެއް ނުގަންނަވަ އެވެ. އަދި އެމްޑީޕީން ވެސް ރައީސް ނަޝީދު ޕާޓީން ވަކި ކުރުމުގެ މަސައްކަތެއް ކުރިޔަކަށް ނުގެންދެ އެވެ. ނަމަވެސް އެ މަނިކުފާނު އަލަށް އުފައްދާ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެ ވަޑައިގަންނަވާނީ އެ މަނިކުފާނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.