"ކަޓް" ހޯދަން އުޅޭ ވާހަކަ ފެން ކުންފުނިން ދޮގުކޮށްފި

އެމްޑަބްލިއުއެސްސީ އިން "ޕާޓިކަލްސް" އަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެއްވެސް މުވައްޒިފަކު މަސައްކަތް ކޮށްފައި ނުވާ ކަަމަށް ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް

ފެން ކުންފުނި -- އެމްޑަބްލިއުއެސްސީ އިން އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރުވި މަސައްކަތަކަށް އަގު ނުދީ ހިފަހައްޓާފައިވާ ކަމަށާ އެ ކުންފުނީގެ މުވައްޒިފުން މަސައްކަތް ކޮށްފައި ވަނީ ނަހަމަ ގޮތުގައި އެ ކުންފުނިން ފައިސާ ހޯދުމަށް ކަމަށް ބުނާ ވާހަކަ ދޮގުކޮށް ބަޔާނެއް ނެރެފި އެވެ.

އެމްޑަބްލިއުއެސްސީގެ މައްޗަށް އެ ތުހުމަތު ކޮށްފައިވަނީ "ޕާޓިކަލްސް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ވަނީ އެމްޑަބްލިއުއެސްސީގެ "ޓްރާސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ގެ މަސައްކަތް ކޮށްދީފައެވެ. އެ ކުންްފުނިން ވަނީ ޕްރޮޖެކްޓަށް ފައިސާ ނުދީ ހިފަހައްޓަމުންދާ ކަމަށާ އަދި "ކަޓް" ދިނުމަށް ޑިމާންޑް ކުރަމުންދާ ކަމަށް ބުނެފައެވެ.

އެކަން ދޮގުކޮށް އެމްޑަބްލިއުއެސްސީ އިން ބުނީ އެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައިވެސް ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ.

ފެން ކުންފުނިން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ކުންފުނީގެ މުވައްޒިފުން އަދާކޮށްފައިވާ ދައުރާއި ކޮންޓްރެކްޓަރާއި ކުންފުންޏާއި ދެމެދު ކަން ހިނގާދިޔަ ގޮތް ވަނީ ބަލާފައެވެ. އެ ގޮތުން އެމްޑަބްލިއުއެސްސީ އިން "ޕާޓިކަލްސް" އަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެއްވެސް މުވައްޒިފަކު މަސައްކަތް ކޮށްފައި ނުވާ ކަަމަށް ވަނީ ބުނެފައެވެ. އަދި ކުންފުނީގެ އެއްވެސް މުވައްޒިފަކު ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދަން އެއްވެސް މުއާމަލާތެއްވެސް ހިންގާފައި ނުވާ ކަމަށެވެ.

"ހަމަ މިއާއިއެކު މި ކުންފުންޏާއި 'ޕާޓިކަލްސް' އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ބިލަށް ފައިސާ ދެއްކުމަށް ބަޔާން ކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް މި ކުންފުނިން އަމަލު ކުރަމުންދާއިރު ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށް ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކި ލަސްވެފައި ނުވާކަންވެސް ފާހަގަ ކުރަމެވެ،" އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.