ފިކުރެއްގެ ދިރުމުގެ ތަރުޖަމާނަކަށް އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން

މިދިޔަ ހަފްތާއާ ޖެހެންދެން އެލްޖީއޭގެ ވެރިޔަކަށް ހުންނެވި އަފްޝަން އެ މަގާމުން އިސްތިއުފާދެއްވީ އާއިލާއަށާއި، އަމިއްލަ ކަންކަމަށް ވަގުތުދެއްވާށެވެ. އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައެވެ.

ފިކުރެއްގެ ދިރުމުގެ ތަރުޖަމާނަކަށް އައްޔަނު ކުރި އަފްޝަން ލަތީފް

ވެރިކަންކުރާ އެމްޑީޕީން ވަކިވެ، އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައިވާ، "ފިކުރެއްގެ ދިރުން" ހަރަކާތުގެ ތަރުޖަމާނަކަށް އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ހަމަޖައްސައިފި އެވެ.

އެ ހަރަކާތުގެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި އެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.
 
މިދިޔަ ހަފުތާއާ ޖެހެންދެން އެލްޖީއޭގެ ވެރިޔަކަށް ހުންނެވި އަފްޝަން އެ މަގާމުން އިސްތިއުފާދެއްވީ އާއިލާއަށާއި، އަމިއްލަ ކަންކަމަށް ވަގުތުދެއްވާށެވެ. އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގައި ހުންނެވި އިރު އަފްޝަން ވަނީ އިދާރީ ގޮތުން ޕާޓީ ހިންގެވުމުގައި ވަރަށް ހަރަކާތްތެރި ރޯލެއް ވަރަށް ބުރަކޮށް އަދާ ކުރައްވާފަ އެވެ. އޭނާ އަކީ އިދާރާ ހިންގުމުގެ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. 

އޭނާއަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ. 

އެ ދެ ބޭފުޅުންނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހަމައިން ރައީސް މުހައްމަދު ނަޝީދު އެންޑޯސް ކުރެއްވުމާއެކު އެ މަނިކުފާނުގެ ފެކްޝަން "ފިކުރެއްގެ ދިރުން" ގެ ފިކުރުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.