މީގެ ހަފުތާއެއްހާ ދުވަސް ކުރީން މިދިއަ އާދީއްތަ ދުވަހު ވެސް މީހެއްގެ ގައިގައި މިޔަރު ހިފައި ޒަހަމްކޮށްލި އެވެ. އެއީ ކޫއްޑޫ ކައިރިންނެވެ.
އަނެއްކާވެސް މިޔަރު ހިފައި މީހަކު ޒަހަމް ކޮށްލައިފި އެވެ. މި ފަހަރު ޒަހަމް ކޮށްލާފައި ވަނީ އެންދަމަން ފާބައި އުޅުނު ފ. ބިލެތްދޫ މީހެކެވެ.
ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރާ "ގުރުވަ" ދޯނިން އެންދަމަން އިއްޔެ މީހަކު ފާބައި އޮއްވާ މިޔަރު ހިފީ އެ މީހާގެ ފައިގެ ކުޑަކަޅުވާގަ އެވެ.
މިޔަރު އެ މީހާގެ ފައިގައި ހިފައި ދަތް ސަބަބުން ކުޑަކަޅުވާގެ މަސްގަނޑު ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައެވެ. އެ މ. މުލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފަހުން ވަނީ މާލެ ފުރުވާލާފަ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރީން މިދިއަ އާދީއްތަ ދުވަހު ވެސް މީހެއްގެ ގައިގައި މިޔަރު ހިފައި ޒަހަމްކޮށްލި އެވެ. އެއީ ކޫއްޑޫ ކައިރިންނެވެ.
ރާއްޖޭގައި މިޔަރު މީހުނަށް ހަމަލާ ދިނުމާއި މަސް އައިންތެރެއަށް ވަދެ މަހަށް ހަމަލާ ދިނުން ރާއްޖޭގައި އިތުރުވެފައިވާއިރު ރާއްޖެއަކީ މިޔަރު ހިމާޔަތްކޮށްފައިވާ ގައުމެކެވެ.