ގަސްތުގައި ޗައިނާއަށް އިހްތިރާމް ކުޑަކުރީތޯ ސުވާލު އުފައްދައިފި

ރައީސްގެ ސިޓީގައި ލިޔުއްވާފައިވާ "ރިޕަބްލިކް އޮފް ޗައިނާ" އަކީ ޓައިވާނެވެ. ޗައިނާއަށް ނިސްބަތް ކުރަނީ "ޕީޕަލްސް ރިޕަލްބިލް އޮފް ޗައިނާ" ނަމުންނެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް، އެމްއެމްޕީގެ ނާއިބު ރައީސް އަބްދުﷲ ރިޔާޒް

ރާއްޖެއިން ޓައިވާނަށް ސަފީރަކު ކަނޑައަޅަން "އޮޅިގެން" ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުއްވުނު މައްސަލާގައި އެއީ ޗައިނާއަށް އިހްތިރާމު ކުޑަ ކުރުމަށް ގަސްތުގައި ހިންގި އަމަލެއްތޯ ސުވާލު އުފައްދަވާ ސަރުކާރުގެ އެ އަމަލާމެދު ސިޔާސީ ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރިޕަބްލިކް އޮފް ޗައިނާއަށް" ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް ގަސްދު ކުރައްވާ ކަމަށެވެ. އެހެން ކަމުން އޭނާ ސަފީރު ކަމަށް ހަމަޖެއްސުމާ މެދު މަޖިލީހުން މަޝްވަރާކޮށް ގޮތެއް ނިންމައިދިނުމަށެވެ. އެ ސިޓީ ފޮނުއްވެވީ މިދިޔަ ބުދަ ދުވަހު އެވެ.

ރައީސްގެ ސިޓީގައި ލިޔުއްވާފައިވާ "ރިޕަބްލިކް އޮފް ޗައިނާ" އަކީ ޓައިވާނެވެ. ޗައިނާއަށް ނިސްބަތް ކުރަނީ "ޕީޕަލްސް ރިޕަލްބިލް އޮފް ޗައިނާ" ނަމުންނެވެ. ރާއްޖެެއާ ދުނިޔޭގެ ހުރިހާ ގައުމުތަކަކުންހެން ގަބޫލު ކުރަނީ އެންމެ ޗައިނާ އެކެވެ. އެއީ "ޕީޕަލްސް ރިޕަލްބިލް އޮފް ޗައިނާ" އެވެ.

ނަމަވެސް ރައީސް ފޮނުއްވެވި ސިޓީގައި "ރިޕަބްލިކް އޮފް ޗައިނާ" ލިޔެފައި އޮތުމުން އެތައް ސުވާލެއް އުފެދި ސަރުކާރު ހޫނުފެނަށް ވެއްޓުނެވެ. ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. 

އެ މައްސަލާގައި ޗައިނާ ސަފީރު ރޭ ވިދާޅުވި ގޮތުގައި އެކަން ހިނގާ ދިޔަ ގޮތް ވަނީ ބައްލަވާފަ އެވެ. އަދި ފޮރިން މިނިސްޓްރީން އެކަމަށް މާފަށް އެދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ސަފީރު ވަނީ ރާއްޖެ - ޗައިނާ ގުޅުން ހަރުދަނާ ކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ސަރުކާރު ހިސާބަށް ވުރެ ގަމާރީތޯ ނުވަތަ ބަޔަކު ބުނެގެން ޗައިނާއަށް އިހުތިރާމު ނުކުރާކަން ސާފުކޮށް ބުނެލީތޯ ސުވާލު ކުރައްވާ ސަރުކާރުގެ އެ އަމަލާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކުރީގެ ފޮރިން މިނިސްޓަރު ވަނީ 50 އަހަރު ވީ "ވަން ޗައިނާ" ޕޮލިސީ އުވާލައި ޓައިވާނު ގަބޫލު ކުރީތޯ ސުވާލު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ސަރަހައްދުން ބައެއް ބޭރުގެ ގައުމަކަށް ދީ ރާއްޖޭގެ މިނިވަންކަން ބޭރުގެ ބޮޑު ބާރަކަށް ދީފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

"ހިތާމައިގެ ކޮޅެއް ނެތް. މީހަކު ދިއްކޮއްލާ ކޮންމެ އެއްޗެއްގައި ބެލުމެއްނެތި ގައުމުގެ ރައީސް ސޮއިކޮށް ލަނީ،" ދުންޔާ ވިދާޅުވި އެވެ.

އެމްއެންޕީގެ ނާއިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްވެސް ސަރުކާރުގެ އެ އަމަލާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ވިދާޅުވީ އެކަމުން ދޭހަކޮށްދެނީ ހިންގުމުގެ ނިޒާމް ބަލިކަށި ވެފަައިވާ މިންވަރު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ދައުލަތުގެ ހުރިހާ މަގާމެއްގައި ވެސް އެ ކަމަކަށް ގާބިލު މީހުން ތިބުމަކީ މުހިންމު ކަމެއް،" ރިޔާޒް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި "ޕީޕަލްސް ރިޕަލްބިލް އޮފް ޗައިނާ" ގެ ބަދަލުގައި "ރިޕަބްލިކް އޮފް ޗައިނާ" ޖެހިފައި ވަނީ އޮޅުމަކުންނެވެ. ނަމަވެސް އެއީ އޮޅުމަކުން / ލިޔުމުގެ ކުށަކުން ހިނގައިފާނެ ކަމެއްތޯ އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. އެއީ އެފަދަ ކަމެއް ކުރީން ހިނގާފައި ނެތީމަ އެވެ.

ކޮމެންޓް

1
450
ފޮރިނަރު
1 year ago

ދުންޔާ ރާއްޖެ ދުށް އެންމެ ބޭރާ ގުޅުން ކުޑަ އެތައް ގައުމަކާ ގުޅުން ކަނޑާލި ވެރިކަމގުެ ފޮރިން މަނިސްޓަރު މާ ފޮރިން ފޮލިސީވެގެން އުޅޭއިރު ކަމަނާގެ ވެރިކަމުގައި ކަންހިނގިގޮތް ނިކަން ބަލާބަލަ، ޔާމީނު ބޭރުގައުމުތަކާ ގުޅުން ކަނޑާލިވާހަކަ ދައްކާއިރު ވެސް ކައިރީގައި ބޯޖަހާލަ ޖަހާލާ ހުރީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.