ފާޑުކިޔުންތަކަށް ރޮޒައިނާ: ފިރިހެނަކު އަތްލާއިރު މަޑަކުން ނުހުރެވޭނެ

ރޮޒައިނާގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރުމަށް މަޖިލީހުގެ ސެކިއުރިޓީ އޮފިސަރުންނަށް އެންގުމުން ރޮޒައިނާ ވަނީ ކައިރިއަށް ނައުމާއި އޭނާގެ ގައިގައި އަތްލައިފިނަމަ "ލަޑާނެ" ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ފިރިހެނަކު އަތްލާއިރު މަޑުން ނުހުންނަވާނެ ކަމަށް ވިދާޅުވެ، އަމާޒު ވަމުންދާ ފާޑުކިޔުންތަކަށް އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ހޫނުވެ ރޮޒައިނާގެ ނަން އިއްވި އެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މެންބަރު ރޮޒައިނާގެ ނަން އިއްވުމުން ވެސް ތަޅުން ދޫކުރައްވާ ވަޑައި ނުގަތެވެ. ރޮޒައިނާ ވިދާޅުވީ ނަޝީދު، މަޖިލީސް ހިންގަވަނީ ގަވާއިދާއި ހިލާފަށް ކަމަށެވެ.

ރޮޒައިނާގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެން މަޖިލީހުގެ ސެކިއުރިޓީ އޮފިސަރުންނަށް އެންގުމުން ރޮޒައިނާ ވަނީ ކައިރިއަށް ނައުމާއި އޭނާގެ ގައިގައި އަތްލައިފިނަމަ "ލަޑާނެ" ކަމަށް ވިދާޅުވެފަ އެވެ. މެންބަރަކު އެ މޭރުމުން ވާހަކަފުޅު ދެއްކެވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އަދި ހާއްސަކޮށް އަންހެނަކު އެފަދަ ގޮތަކަށް ބަސް މަގު ހުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާފައި ވެއެވެ.

އެ ފާޑުކިޔުންތަކާއި ގުޅިގެން ރޮޒައިނާ ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ފިިރިހެން އޮފިސަރަކު ފޮނުވައި އޭނާގެ ގައިގައި އަތްލާއިރު ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެ ހާލަތުގައި މަޑުން ވެސް ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުތުން މަޖިލީހުގައި އަންހެން ސެކިއުރިޓީން ތިއްބާ ފިރިހެން ސެކިއުރިޓީން ފޮނުވަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި އޮވޭ ގާނޫނާއި ހިލާފު އަމުރަކަށް ކިޔަމަންވާން ނުޖެހޭނެ ކަމަށް. ބުލީ އެއް ނުކުރެވޭނެ،" ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ރޮޒައިނާ ނުނިކުންނެވުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވީ އެ ކަމަނާ އެ ޖަލްސާގައި ނެތް ކަމަށް ބަލައިގެން ކަމަށް ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރޮޒައިނާގެ ނަން އިއްވުމުން އެކަމަނާ ތަޅުމުން ނެރެން އިއްޔެ ފޮނުވީ ފިރިހެން ސެކިއުރިޓީންނެވެ. މީގެ ކުރީން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުންތަކެއް މަޖިލީހުން ނެރެން އަންހެން ސެކިއުރިޓީން ފޮނުވި މައްސަލައެއް ވެސް ބޮޑުވި އެވެ. އެކަން ވެސް ކުރެއްވީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެންނެވެ.

އަންހެން ސެކިއުރިޓީން ފިރިހެން މެންބަރުން ނެރެން އަމަލު ކުރި ގޮތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެކަމާއި ގުޅިގެން ރޮޒައިނާ އިސްވެ މިހާރު ވަނީ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައެވެ. އެއީ މަޖިލީހުގެ އަންހެން މެންބަރުން ނެރެން ފިިރިހެން ސެކިއުރިޓީން އަދި ފިރިހެން މެންބަރުން ނެރެން އަންހެން ސެކިއުރިޓީން ބޭނުން ނުކުރެވޭ ގޮތަށެވެ.

ކޮމެންޓް

2
450
ދޮން އެޑަމް
1 year ago

ނުޖެހޭ ފިރިހެނަކު ފޮނުވާކަށް އަތްލަން، އަތް ލަން ފޮނުވަން ޖެހޭނީ އަންހެނެއް، އަންހެނެއްގައި އަބަދުވެސް އަތްލަނީ އަންހެނެއް، ފިރިހެނަކު އަތްލީމަ މަޑަކުން ނީދެވޭނެ އަންހެނެކަށެއް އެއީ ވާނެ ކަމެއް ނޫން. ނުންޖެހޭ ފިރިހެނަކު ފޮނުވާކަށް

އަލީމް
1 year ago

އަންހެނަކުނަމަހީވެސް. އަތްލާތަނަކުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.