އިންޑިއާ އެފްކޮންސްއަށް ދެ އެވޯޑެއް ލިބިއްޖެ

އެފްކޮންސް އަކީ މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ.

އެވޯޑް ހަފްލާފައި އެފްކޮންސް އިން އެވޯޑާ ހަވާލުވަނީ

ރާއްޖޭގައި ތިލަމާލެ ބްރިޖް އެޅުމާއި ހާވާލުވެ އެ މަސައްކަތް ކުރަން އައިސް އޮތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އަށް މުހިންމު ދެ އެވޯޑެއް ލިބިއްޖެ އެވެ. 

މަޝްހޫރު އެސޯޗަމްގެ އަހަރީ ފްލެގްޝިޕް އިންފްރާސްޓްރަކްޗާ އެވޯޑްސް 2023 ގައި އެފްކޮންސް އަށް ދެ އެވޯޑެއް ލިބިފައިވާއިރު އޭގެ ތެރެއިން އެއް އެވޯޑަކީ އިނޮވޭޓިވް ބްރިޖް ޑިޒައިންގެ އެވޯޑެވެ. އެ އެވޮޑް ލިބިފައި ވަނީ ޗެނަބް ރޭލްވޭ ބްރިޖްގެ މަސައްކަތާއި ޑިޒައިނަށެވެ. -- ޗެނަބް ރޭލްވޭ ބްރިޖް އަކީ ކޮންކަން ރޭލްވޭ ކޯޕަރޭޝަން ލިމިޓެޑްގެ ބެލުމުގެ ދަށުން އުފައްދާފައިވާ ބްރިޖެކެވެ. އަދި މިއީ ދުނިޔޭގެ އެންމެ އުސް ސިންގަލް އާކް ރޭލްވޭ ބްރިޖެވެ.

އެފްކޮންސް އަށް ދެން ލިބުނީ އެންމެ އަވަހަށަށް ޓަނަލް ކޮންސްޓްރަކްޝަން މަޝްރޫއެއް ނިންމުގެ އެވޯޑެވެ. މި އެވޯޑް ލިބުނީ މަހާރާޝްތުރާ ސަމްރޫދީ މަހާމާގް ޕެކޭޖް-14 ގެ މަސައްކަތަށެވެ.

ނިއުދިއްލީގައި މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އެވޯޑް ހަފްލާގައި މި އެ ވޯޑްތައް ދިނީ އެ ހަފްލާގެ ޝަރަފުވެރިވެރި މެހުމާނަކަށް ވަޑައިގެންނެވި ޔޫނިއަން މިނިސްޓަ ފޯ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް ޝްރީ ނިތިން ގަޑްކާރީ އެވެ. 

މި ދެ އެވޯޑާ ހަވާލުވެ ވަޑައިގަތީ ޑިރެކްޓަ, ހައިޑްރޯ އެންޑް އަންޑަ ގްރައުންޑް އެންޑް ވޯޓަ ސެގްމަންޓް ސަތިޝް ޖީ ޕަރެޓްކާރް އާއި ހައިޑްރޯ އެންޑް އަންޑަގްރައުންޑްގެ ވެރިޔާ ކޭއެންއެމް ރާއޯ އަދި ސަމްރޫދީ ޕެކޭޖް-14 ޕްރޮޖެކްޓް މެނޭޖަރު ސެކަރު ދާސް އެވެ.

އެޕްކޮންސްއަކީ ކޮންބައެއް؟ - ދިވެހިރާއްޖޭގެ ގްރޭޓާ މާލޭ އޭރިއާގެ ކަނެކްޓިވީޓީއެއެއްގެ ގޮތުގައި ތިލާމާލެ ބްރިޖް އަޅަން ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސް އަކީ މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ. ޕޯޓް ފެސިލިޓީގައި ދުނިޔޭ ހަ ވަނައިގައި އޮތީ އެފްކޮންސް އެވެ. ބްރިޖު އެޅުމުގައި ރަނގަޅު މަގާމެއް ހޯދާފައި ވެއެވެ.

އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ (އެސްޕީ) ގްރޫޕުގެ ދަށުން ހިންގާ އެފްކޮންސް ކުންފުނީގެ ބައެއް އެސެޓް ވިއްކާލުމުގެ ގޮތުން ބާޒާރަށް ނުކުމެ އެ ކުންފުނިން ވަނީ ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާތަކެއް ވެސް ފަށާފަ އެވެ. މި ބަދަލާއެކު އެފްކޮންސްގެ މައި ކުންފުނި އެސްޕީ ގްރޫޕުގައި އޮތް އެފްކޮންސްގެ ހިއްސާގެ އަދަދު މަދުވެގެން ދާނެ އެވެ. އެފްކޮންސް ކުންފުނިން ވިއްކަން ތައްޔާރުވާ އެސެޓްތަކުގެ ތެރޭގައި އެ ކުންފުނިން އިންޑިއާގެ އިރުމަތީ އައްސޭރީގައި އޮންނަ ގޯޕަލްޕޫރުގައި ތަރައްގީ ކޮށްފައިވާ ބަނދަރު ހިމެނެ އެވެ. އެ ކުންފުނިން މި ފައިސާ ހޯދަން ނުކުމެފައި ވަނީ ދައްކަން ޖެހޭ ދަރަނީގެ ބައެއް އަދާ ކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.