"އެނިމަލް" ގައި ރަންބީރާއެކު ޝަކްތީ

މިހާތަނަށް އޭނާ 600 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައިވާއިރު ވަރަށް ގިނައިން ރަންބީރުގެ ބައްޕަ ރިޝީގެ ފިލމްތަކުގައި ހިމެނުނެވެ.

ބޮލީވުޑްގެ ތަރި، ޝްރައްދާ ކަޕޫރުގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރު ދެން ފެނިލާނީ ރަންބީރް ކަޕޫރާއެކު އެވެ. 

އެއީ މި އަހަރުގެ އޮގަސްޓްގައި ނެރޭ ތުރިލާ "އެނިމަލް" އިންނެވެ. "އެނިމަލް"ގައި ޝަކްތީ ފެންނާނީ ވަރުގަދަ ގޭންގްސްޓާރެއްގެ ގޮތުގަ އެވެ. ރަންބީރް ފެންނާނީ އަނިޔާވެރިކަން ބޮޑު ރޯލަކުންނެވެ. 

މިހާރު އުމުރުން 70 އަހަރު ވެފައިވާ ޝަކުތީއަކީ ނުބައިބައި ރޯލުތަކާއި ހެއްވާ ބައި މޮޅަށް ކުޅެގެން ވަރަށް ބޮޑު މަޝްހޫރު ކަމަކާއި މަގުބޫލު ކަމެއް ހޯދާފައިވާ ސްޓާރެކެވެ. 

މިހާތަނަށް އޭނާ 600 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާއިރު ވަރަށް ގިނައިން ރަންބީރުގެ ބައްޕަ ރިޝީގެ ފިލމްތަކުގައި އޭނާ ހިމެނުނެވެ. މިއީ ޝަކްތީއާ އެކީ މަސައްކަތް ކުރަން ރަންބީރަށް ލިބޭ މިފަދަ ފުރުސަތެކެވެ. 

ޝަކްތީގެ ދަރިފުޅު ޝްރަދާއާ އެކީ ރަންބީރް ވަނީ "ތޫ ޖޫޓީ، މޭ މައްކާރް" ކުޅެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.